ޚަބަރު

މަސްތުވާތަކެތީގެ މައްސަލާގައި ދަށުކޯޓްގެ ނިންމުން ބާތިލްކޮށް، އުމުރަށް ޖަލަށް


މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުނުވާކަމަށް ހިރިމަރަދޫ މެޖިސްޓްރޭޓްކޯޓުން ނިންމާފައިވާ މީހެއްގެ މައްޗަށް އެމައްސަލަ ސާބިތުވާކަމަށް ނިންމައި އޭނާ ޢުމުރަށް ޖަލަށްލާން ހައިކޯޓުން ޙުކުމްކޮށްފިއެވެ.

ހދ. ހިރިމަރަދޫ ިހިޔާވަހި، އަޙްމަދު ނަބިޙުގެ މައްޗަށް މި މައްސަލަ ސާބިތު ނުވާކަމަށް ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓުން ކުރިންވަނީ ނިންމާފައެވެ.

ހިރިމަރަދޫ މެޖިސްޓްރޭޓް އެކޯޓުން މިމައްސަލަ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމުން މިމައްސަލަ ނިންމައި ކުރި ޙުކުމްގައި ވަނީ މަސްތުވާ ތަކެއްޗާއިބެހޭ ޤާނޫނުގެ ދަށުން، އަޙްމަދު ނަބީޙުގެ މައްޗަށް ކެނެބިސް ޓްރެފިކް ކުރުމުގެ ކުށް ޤަނޫނުއަސާސީގެ 51ވަނަ މާއްދާގައިވާ އެކަށީގެންވާ ޝައްކެތްނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވާކަމުގައި ކަނޑައަޅާފައެވެ.

އަދި ކެނަބިސް ޓްރެފިކްކުރުމުގެ ކުށުގެ ޢުޤޫބާތެއްގެގޮތުން މަސްތުވާ ތަކެއްޗާއިބެހޭ ޤާނޫނުގެ ދަށުން އަޙްމަދު ނަބީޙު އުމުރަށް ޖަލަށްލުމާއެކު -/100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކުރާކަމަށެވެ.