ސިޔާސީ

ނާޒިމްގެ މައްސަލައިގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ބާއްވަނީ


ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔަޑް މުޙައްމަދު ނާޒިމް 11 އަހަރަށް ޖަލަށްލުމަށް ދަށު ކޯޓުން ނިންމެވި މައްސަލައިގެ އިސްތިއުނާފް އަޑުއެހުމެއް އަންނަ ބުރާސްފަތި ދުވަހަށް ތާވަލުކުރައްވައިފިއެވެ. މީގެ ކުރީން މި މައްސަލައިގެ ދެ އަޑު އެހުމެއް ބާއްވަވާފައިވެއެވެ. ނާޒިމްގެ މައްސަލައިގެ އަޑުއެހުންތައް އަންނަ ބުރާސްފަތި ދުވަހަށް ހައިކޯޓުން ތާވަކުކުރައްވާފައިވަނީ ގިނަ ދުވަސް ތަކެއްގެ މެދުކެނޑުމަކަށް ފަހުގައެވެ. މި މައްސަލެއިގެ އަޑު އެހުންތަށް މެދުކެނޑިގެންދިޔައީ މައްސަލަ ބެއްލެވި 5 ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ 2 ފަނަޑިޔާރަކު ހައިކޯޓްގެ ދެކުނު ގޮތްޕަށް ބަދަލުކުރެއްވުމަށް ސުޕްރީމް ކޯޓުން ނިންމެވުމާއި ގުޅިގެންނެވެ. އެންމެ ފަހުން ނާޒިމްގެ މައްސަލައިގެ އަޑުއެހުމެއް ބާއްވަން ހައިކޯޓުން  ތާވަލްކުރެއްވީ ނާޒިމްގެ ފަރާތުން ޖަވާބުދާރީވުމަށެވެ.ހަނގުރާމަވެރި ހަތިޔާރެއް ރާއްޖެ އެތެރެކޮށް ގެންގުޅުނުކަމުގެ ކުށުގައި 11 އަހަރަށް ޖަލަށް ލުމަށް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމްކުރައްވާފައިވަނީ ޝަރުއީ އަދި ޤާނޫނީ އުސޫލްތަކާއި ޚިލާފަށްކަމަށް ބުނެ އެ ހުކުމް ބާޠިލްކޮށްދިނުމަށް ނާޒިމްގެ ފަރާތުން ހައިކޯޓްގައި އެދިފައިވެއެވެ. އެހެންނަމަވެސް ދަޢުލަތުން ވިދާޅުވަމުން އަންނަނީ އެ މައްސަލަ ކްރިމިނަލް ކޯޓުން ނިންމެވުމުގައި ޤާނޫނާއި ޚިލާފަށް ކަމެއްކުރައްވާފައި ނުވާކަމަށެވެ.