ޚަބަރު

ރާއްޖެއިން އާއްމުކޮށް ނުފެންނަ ބާވަތުގެ "ވައިލްޑް އިގުއާނާ"އެއް އެމްޕީއެލް ސަރަަޙައްދުން ފެނިއްޖެ


ރާއްޖެއިން އާއްމުކޮށް ނުފެންނަ ބޮނޑުގެ ބާވަތެއްކަމުގައިވާ "ވައިލްޑް އިގުއާނާ"އެއް އެމްޕީއެލް ސަރަަޙައްދުން ފެނިއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެމްޕީއެލް ސަރަހައްދުން މިއަދު 13:45 އެހާއިރު 2 ފޫޓެއްހާ ދިގުމިނުގެ ވައިލްޑް އިގުއާނާއެއް ފެނިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން އެކަން ރިޕޯޓުކޮށްފައިވާކަމަށެވެ.

މި ރިޕޯޓު ލިބުމާއި ގުޅިގެން ކޯސްޓްގާޑްގެ ސެކަންޑް ސްކޮޑްރަންގެ ޕޯޓް އެންޑް ހާބަރ ސެކިއުރިޓީގެ ބެލުމުގެ ދަށަށް އެ ބޮނޑު ރައްކާތެރިކަމާއެކު ގެނައުމަށްފަހު މިހާރު ފުލުހުންނާއި ހަވާލުކޮށްފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މީގެކުރިންވެސް ރާއްޖެއިން އާންމުކޮށް ނުފެން ބާވަތްތަކުގެ ބޮނޑު، ހަރުފަ އަދި އެނޫންވެސް ބާވަތްތަކުގެ ޖަނަވާރުތައް މާލޭގެ ބަނދަރުތައް ހިމެނޭ ސަރަހައްދުތަކުގެ ގުދަންތަކުން ވަނީ ފެނިފައެވެ.