ޚަބަރު

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާ އައު ހައިކޮމިޝަނަރަކަށް، މުނޫ މަހާވަރު


އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް އައު ހައިކޮމިޝަނަރަކު އައްޔަންކުރައްވައިފިއެވެ.

އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީން ހާމަކޮށްފައިވާގޮތުން ރާއްޖޭގައި ހުންނަވާ ހައިކޮމިޝަނަރު ކަމުގެ މަޤާމަށް އެޤައުމުން އަލަށް ޢައްޔަންކޮށްފައިވަނީ މޫނޫ މަހާވަރެވެ.

މޫނޫ މަހާވަރު މިހާތަނަށް ހުންނެވީ އިންޑިއާއިން އޮމާނަށް ކަނޑައަޅުއްވާފައިހުންނެވި ސަފީރުކަމުގެ މަޤާމުގައެވެ. އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީންވަނީ އައު ހައިކޮމިޝަނަރު ކުޑަދުވަސްކޮޅެއްގެ ތެރޭގައި މަގާމާއި ހަވާލުވެވަޑައިގަންނަވާނެކަމަށެވެ.

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރުގެ މަޤާމުގައި މިހާރު ހުންނެވީ ސަންޖޭ ސުދީރުއެވެ. އޭނާ މަގާމާއި ހަވާލުވެވަޑައިގެންފައިވަނީ 2019 ވަނަ އަހަރުގެ މާޗްމހަުގެ 5ވަނަ ދުވަހުގައެވެ.

ކުރީގެ ސަރުކާރުގައި އިންޑިއާއާ ރާއްޖޭގެ ގުޅުމައް އައި ހީނަރުކަމަށްފަހު އައު ސަރުކާރު ވެރިކަމާއެި ހާވާލުވުމާއެކު އަދި ސަންޖޭ ސުދީރު ހައިކޮމިޝަނަރުގެ ދައުރުގައި ދެޤައުމުގެ ގުޅުންވަނީ ވަރުގަދަވެފައެވެ. އަދި ދެޤައުމުގެ މެދުގައި ގިނަ އެއްބަސްވުންތައް ޤާއިމްކުރެވުނުއެވެ.