މިއަހަރުގެ ތިންވަނަ ކުއާޓަރުގައި އެއަރ ބީއެންބީއަށް 2.2 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިއްޖެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއާއި އަޅާ ބަލާއިރު، %67 އިތުރު އަދަދެކެވެ.
އެއަރ ބީއެންބީއަކީ ގެސްޓުހައުސްތަކާއި ކުއްޔަށް ދޫކުރާ ގެތަކާއި ގުޅޭ މައުލޫމާތު ހިމެނޭ، އަދި އެފަދަ ތަންތަނަށް ދިޔުމަށް ބުކިންގ ހަދާލެވޭ ވެބްސައިޓެކެވެ. މިއީ ދަތުރުކުރާ މީހުންގެ މެދުގައި މަޤްބޫލްކަން ހޯދާފައިވާ ވެބްސައިޓެކެވެ.
އެއަރ ބީއެންބީގެ އާމްދަނީ އިތުރުވެފައިމިވަނީ ދުނިޔޭގެ ގިނަ ޤައުމުތަކަކުން ކޯވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކެއް ލުއި ދެމުން ދިޔުމާއި ގުޅިގެން، ޗުއްޓީއަށް ތަންތަންނަށްދާ މިންވަރު އިތުރުވުމާ ގުޅިގެންނެވެ.
އެކުންފުނީގެ ރިޕޯޓުތަށް ދައްކާގޮތުން މިއަހަރުގެ ތިންވަނަ ކުއާޓާގައި އެއަރބީއެންބީ މެދުވެރިކޮށް، ބުކިންގ ހަދާފައިވާ މިންވަރުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު، މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ބުލިންގ ހެދި މިންވަރުވަނީ %29 އިތުރުވެފައެވެ.
އެއަރ ބީއެންބީއިން ލަފާކުރާގޮތުގައި މިއަހަރުގެ 4ވަނަ ކުއާޓަރގައި އެކުންފުންޏަށް، 1.3 ބިލިއަން ޑޮލަރާއި 1.4 ބިލިއަން ޑޮލަރާ ދެމެދުގެ ޢާމްދަނީއެއް ލިބޭނެއެވެ.