ރާއްޖޭގެ ފަތުރުވެރިކަމުގެ ކާމިޔާބީ ކިޔައިދެމުން އެހެން ޤައުމުތަކުގެ ބޯޑަރުވެސް ފަތުރުވެރިންނަށް ހުޅުވާލުމަށް ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނައުޝާދު މުޙައްމަދު ގޮވާލައްވައިފިއެވެ. ޑެޕިއުޓީ މިނިސްޓަރ މިގޮތައް ގޮވާލައްވާފައިވަނީ 5ވަނަ އައިޓީއޯޕީ އިންޓަނޭޝަނަލް ޕޮލިސީ ސެމިނަރގައި ވާހަކަދައްކަވަމުންނެވެ.
އައިޓީއޯޕީ އިންޓަނޭޝަނަލް ޕޮލިސީ ސެމިނަރއަކީ އައިލެންޑް ޓޫރިޒަމް ކުރިއެރުވުމަށް ކުރިއަށްގެންދާ ފޯރަމެކެވެ. މިއަހަރުގެ ފޯރަމްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލައްވާފައިވަނީ ކޯވިޑް-19އާއެކު މުޅި ދުނިޔޭގެ ފަތުރުވެރިކަމަށް ދިމާވި ގޮންޖެހުންތަކާއި އެކަންކަމުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމަށެވެ.
Deputy Minister @Drnaushadm was invited to participate in 5th ITOP International Policy Seminar held in South Korea as a discussant. DM discussed & shared Maldives tourism policies that lead to the swift recovery of tourism despite shifting source markets. pic.twitter.com/MgDC9FbJ6T
— Ministry of Tourism (@MoTmv) November 21, 2021
މި ސެމިނަރގައި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ނައުޝާދު މުޙައްމަދު ވަނީ ސެމިނަރގެ ބައިވެރިންނަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ކާމިޔާބީ ޙިއްސާކޮށްފައެވެ. އެގޮތުން ކޯވިޑް-19ގެ ތެރޭގައި އޭޝިއާގެ ގައުމުތަކުގެ ތެރޭގައި އެންމެ ބޮޑު އަސަރެއްކުރި 3 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނުނުކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން 2020ވަނަ އަހަރު ޖީޑީޕީ %29.7އަށް ކޯވިޑްގެ ސަބަބުން ދައްވާނެކަމަށް ލަފާކުރިނަމަވެސް އެއަދަދު %36.1އަށް ދަށްވެފައިވާކަމަށް ވަނީ ވިދާޅުވެފައެވެ.
ނަމަވެސް ޖުލައި މަހު ރާއްޖޭގެ ބޯޑަރު ހުޅުވާލަން ނިންމިކަމަށާއި، ސަބަބަކީ ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ގައުމަކަށް ވާތީކަން ވަނީ ފަހަގަކޮށްފައެވެ. ރާއްޖޭގެ ޖީޑީޕީގެ %20އަކީ ފަތުރުވެރިކަމެވެ. މިއާއިއެކު މިއަހަރު ޖީޑީޕީ %12.1އަށް އިތުރުވެފައިވާކަން ޑެޕިއުޓީ މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
ރާއްޖޭގެ ރިސޯޓްތަކުގައި 44000 މުވައްޒަފުން މަސައްކަތްކުރާއިރު، 22000 މުވައްޒަފުންނަށް ކޯވިޑްގެ އަސަރުކުރިއެވެ. މި ފޯރަމްގެ ތެރެއިން ޑެޕިއުޓީ މިނިސްޓަރ ވަނީ ރާއްޖޭގެ ރިސޯޓްތައް ބަންދުކުރަން ޖެހުނުކަމާއި އޭގެފަހުން ރާއްޖޭގެ ރަށްރަށުގައި ހުރި ގެސްޓްހައުސްތައް ރައްޔިތުންގެ މަޝްވަރާއާއިއެކު ހުޅުވިގެންދިޔަގޮތް ބައިވެރިންނަށް ހިއްސާކޮށްފައެވެ.
ރާއްޖޭގެ %95 ރައްރަށުގެ ރައްޔިތުން މިހާރު ވަނީ ވަނީ ވެކްސިން ޖަހާފައެވެ. ރާއްޖޭގައި ފަތުރުވެރިން ހޭދަކުރާ ދުވަހުގެ އަދަދުވެސް މިހާރު 6 ދުވަހުން 9.1 ދުވަހަށް ވަނީ އިތުރުވެފައެވެ.
މިއަހަރު ރާއްޖެއަށް 1 މިލިއަން ފަތުރުވެރިން އައިސްފައިވާއިރު، އަންނަ އަހަރު 1.8 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް އަމާޒުހިފާފައިވާކަމަށް ޑެޕިއުޓީ މިނިސްޓަރ ވިދާޅުވިއެވެ. މި ފޯރަމްގެ ތެރެއިން ޑެޕިއުޓީ މިނިސްޓަރ ވަނީ ރާއްޖޭގެ ފަތުރުވެރިކަމުން މިސާލު ޖައްސަވައި ދުނިޔޭގެ އެހެން ޤައުމުތައްވެސް ބިރުނުގަނެ ބައިނަލްއަޤްވާމީ ފަތުރުވެރިންނަށް އެ ޤައުމުތަކުގެ ބޯޑަރު ހުޅުވާލުމަށް އިލްތިމާސްކުރައްވާފައެވެ.