މާލީ ބަޔާން ތައްޔާރުކުރުމާއި ގުޅޭގޮތުން ސަރުކާރުގެ ހުރިހާ އޮފީސްތަކަށް އަމާޒު ކުރައްވައިގެން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ކުރިއަށްގެންދިޔަ މަސައްކަތު ބައްދަލުވުން ނިމިއްޖެއެވެ.3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މިމަސައްކަތު ބައްދަލުވުމުގައި މާލީ ބަޔާން ތައްޔާރުކުރުމާއި ގުޅޭ މަޢުލޫމާތުގެ އިތުރަށް އިންޓަރނޭޝަނަލް ޕަބްލިކް ސެކްޓަރ އެކައުންޓިންގ ސްޓޭންޑަޑް ފައިނޭންޝަލް ރިޕޯޓިންގ އަންޑަރ ދަ ކޭސް ބޭސިސް އޮފް އެކައުންޓިންނާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވިއެވެ. މި ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަަކަފުޅުދައްކަވަމުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ފައިނޭންޝިއަލް ކޮންޓްރޯލަރ ޚަދިޖާ ހުސައިން ވިދާޅުވީ މި ވޯކްޝޮޕްގެ ސަބަބުން ދައުލަތުގެ ހިސާބު ބެލެހެއްޓުމާއި ފައިނޭންސް މެނޭޖް ކުރުމުގައި ހުރި ދަތިތައް ހިއްސާކޮށް ޙައްލުކުރަން ހުރި ކަންތައްތައް ދެނެގަނެވިއްޖެކަމަށެވެ.މި ވޯކްޝޮޕްގައި ސަރުކާރުގެ އެކި މުއައްސަސާތަކުން ޖުމްލަ 115 މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.