ޚަބަރު

ދެއްވަދޫ ބަނދަރުގެ މަސައްކަތް ނިންމާލައިފި


ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫ ބަނދަރުގެ މަސައްކަތް ނިންމާ ސަރުކާރާއި ހަވާލުކުރައްވައިފިއެވެ.

ބަނދަރުގެ މަސައްކަތުގެ އިތުރުންވެސް ދެއްވަދޫގައި ސަރުކާރުން ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ވަނީ ކުރިއަށްގެންދަވާފައެވެ. ގއ. ދެއްވަދޫ ބަނދަރުގެ މަސައްކަތް ކުރައްވާފައިވަނީ ދެ ފިޔަވައްސަކަށް ބައްސަވައިލައްވައިގެންނެވެ. ސަރުކާރުގެ ބަޖެޓުންނާއި، އޮފިޑްގެ އެހީގެ ދަށުން 32 މިލިޔަން ރުފިޔާ ޚަރަދުކުރައްވައިގެން ހެދިފައިވާ ހަތްސަތޭކަ ފޫޓު ދިގު މިނުގެ މިބަނދަރު އެންމެ ފުރަތަމަ ހަވާލުކުރެވުމު ކުންފުންޏަށް ބަނދަރުގެ މަސައްކަތް ނުކުރެވުމުން މިމަސައްކަތް ނިންމަވާފައިވަނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމް.ޓީ.ސީ.ސީއާ ސަރުކާރުން ހަވާލުކުރައްވައިގެނެވެ.

އެމް.ޓީ.ސީ.ސީގެ ޖެނަރަލް މެނޭޖަރ އަޙްމަދު ސައީދު ވިދާޅުވީ، ދެއްވަދޫގެ ބަނދަރަކީ ރާއްޖޭގެ އެހެން ރަށްރަށާއި އެއްގޮތަށް އެންމެ ޒަމާނީ ފެންވަރަށް ހައްދަވާފައިވާ ބަނަދަރެއްކަމަށެވެ. 

img:http://s4.psmnews.mv/images/660x400/14608006288663.jpg|ގއ.ދެއްވަދޫ ބަނދަރު ސަރަހައްދު / ފޮޓޯ: ޕީއެސްއެމް

ދެއްވަދޫ އަކީ މަސްވެރި ރަށެއްކަމުން ދެއްވަދޫގެ މަސްވެރިންނަށް ފަސޭހަކަމާއެކު އައިސް ލިބޭނެ ގޮތް ތަނަވަސް ކޮށްދެއްވުމަށް އެރަށުގައި މިހާރުވަނީ އައިސް ޕްލާންޓެއްވެސް ގާއިމްކޮށް ގާތްގަނޑަކަށް ނިމިފައެވެ. މީގެއިތުރުން ސަރުކާރުން މިހާރުވަނީ އެރަށުގައި ކުނި މެނޭޖް ކުރުމަށްޓަކައި ކުނިކޮށްޓެއް ގާއިމްކޮށް ދެއްވާފައެވެ. އަދި ޒުވާނުންނަށް ކުޅިވަރުކުޅޭނެ ފަސޭހަގޮތްތަކެއް ހައްދަވައިދެއްވުމުގެ ގޮތުން ރަށުގެ ރަސްމީ ދަނޑު މިހާރުވަނީ ރަނގަޅު ފެންވަރަކަށް ތައްޔާރުކޮށްދެއްވާފައެވެ.

ސުލޫކްގެ މަރާމާތާއި، އާސައިންދައިގެ ދަށުން ބޭސް ފޯރުކޮށްދޭ އެސް.ޓީ.އޯގެ ބޭސްފިހާރައެއް ގާއިމްކުރެވުން ފަދަ ކަންކަން އެރަށުގައި ގާއިމްވެގެން ގޮސްފައިވެއެވެ. މިޚިދުމްތްތަކާއި ގުޅޭ ގޮތުން ރަށުގެ އާންމުފަރާތްތަކުން ބުނީ، އެރަށަކީ މީގެ ކުރިން ބައެއް ޚިދުމަތް ލިބުން ދަތިރަށެއް ނަމަވެސް ސަރުކާރުން ރައްޔިތުންނަށްޓަކައި ކުރައައްވާފައިވާ ތަރައްގީގެ ޚިދުމަތްތަކުގެ ސަބަބުން ވަރަށް ގިނަ ލުއި ފަސޭހަތަކެއް ލިބެމުންދާކަމަށެވެ.

1278 މީހުން ދިރިއުޅޭ ދެއްވަދޫ ބަނދަރު އަންނަ ހަފްތާގައި ރަސްމީކޮށް ހުޅުއްވައިދެއްވާނީ ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއެވެ.