ޚަބަރު

ފަތުރުވެރިންނަށް މައްކާ ބަންދުކޮށްފި


ޙައްޖު މޫސުމާ ދިމާކޮށް ފަތުރުވެރިންނަށް މައްކާ ބަންދުކޮށްފިއެވެ.

ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ބުނީ ފަތުރުވެރިންގެ އިތުރުން ވިސިޓް ވިސާގައި އެ ޤައުމަށް އެތެރެވާ ފަރާތްތަކަށް ޙައްޖުގެ އަޅުކަމުގައި ބައިވެރިވުން ވެސް މަނާވާނެ ކަމަށެވެ. އަދި ޙައްޖުގެ އަޅުކަން ކުރެވޭނީ ދުރާލައި ނަގަން ޖެހޭ ޙުއްދަތަކާއި ވިސާތައް ނަގައިގެން ކަމަށް ވެސް ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ވަނީ ބުނެފައެވެ.

ފަތުރުވެރިންނަށް މައްކާ ބަންދުކޮށްފައި ވަނީ މެއި މަހުގެ 23ން ޖޫން މަހުގެ 21ވަނަ ދުވަހަށެވެ. ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ބުނެފައި ވަނީ އެ މުއްދަތުގައި ވަޤުތީ ވިސާއެއްގައި ނަމަވެސް މައްކާއަށް އެތެރެ ނުވެވޭނެ ކަމަށެވެ. އޭގެ ތެރޭގައި ސްޓޫޑެންޓް ވިސާއާއި ޝެންގެން ވިސާއާއި ވިސިޓް ވިސާ ވެސް ހިމެނެއެވެ.

ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ބުނީ އެ ޤައުމުން ހަދާފައިވާ ޙައްޖުގެ ޤަވައިދުތަކާ ޚިލާފަށް ޙުއްދަނެތި މައްކާގައި އުޅޭނަމަ 2،666 އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރާނެ ކަމަށެވެ. އަދި ތަކުރާރުކޮށް ޤަވައިދުތަކާ ޚިލާފުވާނަމަ އެ ޤައުމުން ބޭރުކުރާނެ ކަމަށާއި ދާޢިމީކޮށް އެ ޤައުމަށް އެތެރެނުވެވޭނެ ގޮތް ހަދާނެ ކަމަށް ވެސް އެ ޤައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.

މި އަހަރުގެ ހައްޖު މޫސުން ފަށާނީ ޖޫން 14ވަނަ ދުވަހުއެވެ.