ޚަބަރު

މާދަމާއަކީ ޙައްޖު މަހުގެ ފުރަތަމަ ދުވަސް؛ ޢީދު ދުވަހަކީ ޖޫން 16


  • ޢަރަފާތު ދުވަހަކީ ޖޫން 15ވާ ހޮނިހިރު ދުވަސް

  • އަޟްޙާ ޢީދު ދުވަހަކީ 16 ޖޫން

ޙައްޖު މަހުގެ 1 ވަނަ ދުވަހަކީ ޖޫންމަހުގެ 7ވަނަ ދުވަސް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ޝަހީމް ވިދާޅުވީ ސައުދީ އަރަބިއްޔާއަށް 1445 ވަނަ އަހަރުގެ ޛުލްޙިއްޖާ މަހުގެ ހަނދު ފެނިފައިވުމާއެކު، ދިވެހިރާއްޖޭގައި ހަނދު ސާބިތު ކުރުމުގެ އުޞޫލަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގައި ވެސް 1445 ވަނަ އަހަރުގެ ޙައްޖު މަހުގެ 1 ވަނަ ދުވަހަކީ 7 ޖޫންވާ ހުކުރު ދުވަސްކަމަށެވެ. އަދި ޢަރަފާތު ދުވަހަކީ ޖޫން 15ވާ ހޮނިހިރު ދުވަސްކަމަށާއި އަޟްޙާ ޢީދު ދުވަހަކީ ޖޫންމަހުގެ 16ވާ އާދިއްތަ ދުވަސްކަމުގައި ކަނޑައަޅުއްވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ދިވެހި ކަލަންޑަރުގައި މިހާރު ގޮތުން ޙައްޖު މަހުގެ އެއްވަނަ ދުވަހަކީ އަންނަ ހޮނިހިރު ދުވަހެވެ.