ވިދާގުގުރުން ވަގުތުން ދެނެގަނެ އެކަމުގެ މަޢުލޫމާތު ވަގުތުން ގެނެސްދޭ ނިޒާމެއް ޤާއިމްކޮށްފިއެވެ.
މޫސޫމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ވިދާޅުވީ ވިދާގުގުރުމުގެ މައުލޫމާތު ވަގުތުން ދެނެގަނެވޭ ނިޒާމެއް ރާއްޖޭގައި ފުރަތަމަފަހަރަށް ޤާއިމްކުރީ، ޗައިނީސް އެކަޑެމީ އޮފް ސައިންގެ ދަށުން ހިނގަމުންދާ އިންސްޓިޓިއުޓް އޮފް އިލެކްޓްރިކަލް އިންޖިނިއަރިން އާއި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް ގުޅިގެންނެވެ. މިކަމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓާއި، ގަން އިންޓަނޭޝަނަލް އެއަޕޯޓްގައި ވަނީ ލޯންގްރޭންޖް ލައިޓްނިންގް ޑިޓެކްޝަން އިކްވިޕްމެންޓް ބަހައްޓާފައިކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
Inauguration of the Lightning Detection System, with the support of the Institute of Electrical Engineering of the Chinese Academy of Sciences.
— Maldives Meteorology (@MetMaldives) July 20, 2024
Two long range sensors installed at Hulhule & Gan relay real time detection of Lightning within the Flight Information Region... pic.twitter.com/2Q3Eab8qdy
މޫސުމީ ބަދަލުތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ މިނިޒާމު، ސަރަޙައްދީ ވިއުގައާއި ގުޅާލުމުން ރާއްޖެއާއި ރާއްޖޭގެ ވަށައިގެންވާ ސަރަޙައްދަށް އަންނަ ވިދާ ގުގުރުމުގެ ހާދިސާތައް ވަގުތުން ވަގުތައް ދެނެގަނެވޭނެކަމަށެވެ. އަދި މި ވިއުގަ އިތުރަށް ތަރައްޤީކުރުމަށް ޝޯޓްރޭންޖް ލައިޓްނިންގް ޑިޓެކްޝަން އިކްވިޕްމެންޓް ހަރުކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
މުސޫމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ވިދާޅުވީ ވިދާ ގުގުރާ ހޮނު އެޅުމުގެ ސަބަބުން އެންމެ ގިނައިން ހަލާކުވަނީ އިލެކްޓްރިކް، އިލެކްޓްރޯނިކްސް އަދި މުވާސަލާތީ އާލާތްތައްކަމަށެވެ. އަދި ބައެއްފަހަރު އެހެނިހެން ތަކެއްޗަށާއި މުދަލާއި މީހުންގެ ފުރާނަ ގެއްލޭ ހާދިސާތައްވެސް ހިނގާކަމަށާއި، އޭގެއިތުރުން، ވައިގެ ދަތުރުފަތުރާއި ކަނޑު ދަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށްވެސް އޭގެ އަސަރު ކުރާކަމަށެވެ.
މުސޫމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ވިދާޅުވީ ވިދާގުގުރުން ވަގުތުން ދެނެގަންނަނ ނިޒާމް ނުވަތަ ލައިޓްނިން ޑިޓެކްޝަން ނެޓްވޯކް އެއްކޮށް ޤާއިމުކޮށް ނިމުމުން، ވިދާގުގުރުމުގެ އެކިމަރުހަލާތައް ތަފާތުކޮށް ވަގުތުން ބަލައިލެވޭނެކަމަށެވެ. އަދި ވިދުވަރާއި ގުޅިފައިވާ ކޮޅިގަނޑު ދަތުރުކުރާ މިސްރާބު ދެނެގަނެވި ކުރިއަށް ލަފާކުރުމާއި ދުރާލާ ދެވޭ އިންޒާރުގެ ސައްޙަކަން އިތުރުވެގެންދާނެކަމަށެވެ.
އަދި، ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، އިންޓަނޭޝަނަލް ސިވިލްއޭވިއޭޝަނާއި ރާއްޖޭގެ ސިވިލް އޭވިޝަން ރެގިއުލޭޝަން ނަމްބަރު 3 އާއި އެއްގޮތްވާގޮތުގެ މަތިން ނެރެންޖެހޭ މޫސުމީ ސަމާލު (SIGMET) އަދި ފޯކާސްޓް (TREND) ތަކުގެ އެކިޔުރެސީ ވަރަށްބޮޑަށް މަތިވެގެން ދާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.