ފަތުވެރިކަމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ނިހާދު މަޤާމުން ސަސްޕެންޑްކުރައްވައިފިއެވެ.
ނިހާދު ސަސްޕެންޑް ކުރައްވާފައިވަނީ ރޭގައި ޕީއެންސީން ބޭއްވި ޖަލްސާގައި އޭނާ ދެއްކެވި ވާހަކަތަކުގެ ސަބަބުންނެވެ.
ނިހާދު ސަސްޕެންޑުކުރި މައްސަލާގައި ސަރުކާރުން މާގިނަ ތަފްސީލްތަކެއް ހާމަކޮށްފައެއް ނުވެއެވެ.