ކުރިއަށް ރޯދަމަހާއި އަދި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު މުދާ ވިއްކާ ތަންތަނާއި ކެފޭ، ރެސްޓޯރެންޓްތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ޢާއްމުކުުރައްވައިފިއެވެ.
ކޮންމެ އަހަރެއްގެވެސް ރޯދަމަހު މުދާ ވިއްކާ ތަންތަނާއި ކެފޭ، ރެސްޓޯރެންޓްތައް ހުޅުވާފައި ބެހެއްޓޭނެ ވަކި ގަޑިތަކެއް ސަރުކާރުން ޢިއުލާންކުރައްވައެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ވިދާޅުވީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން މުދާ ވިއްކާ ތަންތަން ހުޅުވާފައި ފަތިހު 5:30 އިން މެންދަމު 1:00 އާ ހަމައަށް ހުޅުވާފައި ބެހެއްޓޭނެކަމަށެވެ. އަދި އަދި ރޯދަމަހާއި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހުވެސް މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5:30 އިން މެންދަމު 1:00 އާ ހަމައަށްކަމަށް އެ ވުޒާރާއިިން ވިދާޅުވެއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވީ ރޯދަމަހު ކެއުންބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ހަވީރު 5:30 އިން ފެށިގެން މެންދަމު 3:00 ޖެހުމާއި ހަމައަށްކަމަށެވެ. އަދި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ އެދުވަހެއްގެ ފަތިހު 4:30 އިން މެންދަމު 3:00 އާ ދެމެދުކަމަށްވެސް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށުގައި 24 ގަޑިއިރު ކެއުންބުއިމުގެ ހިދުމަތް ދިނުމުގެ ހުއްދަ އޮންނަ ތަންތަނުންވެސް ރޯދަމަހާއި އަދި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު އަމަލުކުރަންޖެހޭނީ މި އުސޫލާއި އެއްގޮތަށްކަމަށެވެ.