ޚަބަރު

ސަޢުދު ބަލިކޮށް އެމްޑީޕީ ވިލިނގިލި ދާއިރާގެ ރައީސަކަށް ޙުސައިން ޙަސަން


  • ޙުސައިން ޙަސަންއާ ވާދަކުރެއްވީ ކުރީގެ އެ ދާއިރާގެ މަޖިލިސް މެންބަރު ސަޢުދު

  • ޙުސައިން ޙަސަން އިންތިޚާބު ކާމިޔާބުކުރީ އިތުރަށް 20 ވޯޓު ހޯއްދަވައިގެން

އެމްޑީޕީ ޤައުމީ މަޖިލީހުގެ ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބުކުރުމަށް މިއަދު ބޭއްވި ބައި-އިލެކްޝަން ޙުސައިން ޙަސަން ކާމިޔާބުކޮށްފިއެވެ. އޭނާ ބައި-އިލެކްޝަން ކާމިޔާބުކުރީ ވިލިނގިލި ދާއިރާގެ ކުރީގެ މެންބަރު ސަޢުދު ޙުސައިނާއި ވާދަކޮށްގެންނެވެ.

ނޫސްވެރިޔާ ޙުސައިން ޙަސަން ބައި-އިލެކްޝަން ކާމިޔާބުކުރީ 192 ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ ވާދަކުރެވި ސަޢުދު ޙުސައިންނަށް ލިބިވަޑައިގަތީ 172 ވޯޓެވެ. އެހެންކަމުން ޙުސައިން ޙަސަން މި-ބައި އިލެކްޝަން ކާމިޔާބުކުރީ 20 ވޯޓުގެ ތަފާތަކުންނެވެ.

އެމްޑީޕީ ޤައުމީ މަޖިލީހުގެ ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބުކުރުމަށް ވޯޓުލުން ކުރިއަށްގެންދިޔައީ މިއަދު ހެނދުނު 09:00އިން ހަވީރު 16:00އަށެވެ. މި ބައިލެކްޝަންގައި ވޯޓު ފޮށި ބެހެއްޓީ ވިލިނގިލީގެ އިތުރުން މާލޭގައެވެ.