ޚަބަރު

ބަޔާން މިއުނިކްގެ 125 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި


ޖަރުމަނުގެ ގަދަ ބާރު ކަމުގައިވާ ބަޔާން މިއުނިކްގެ 125 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި އެވެ.

ޖަރުމަނުގެ އިތުރުން ޔޫރަޕްގެވެސް ފުޓްބޯޅައިގެ ގަދަ ބާރެއްގެ ގޮތުގައި ބެލެވޭ ބަޔާން މިއުނިކް ވުޖޫދަށް އައިސްފައިވަނީ 1900 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު އެވެ.

ފާއިތުވެދިޔަ ދިގު ތާރީޚުގައި އެ ކްލަބުން ވަނީ ޖަރުމަނުގެ ބުންޑެސްލީގާގެ ޗެމްޕިއަންކަން 33 ފަހަރު ހޯދާފަ އެވެ. އަދި ޖަރުމަން ކަޕް 10 ފަހަރު ހޯދާފައިވާއިރު ޔޫރަޕގެ 6 މުބާރާތް ވަނީ ކާމިޔާބުކޮށްފަ އެވެ.

މީގެ އިތުރުން ބަޔާން މިއުނިކް އިން ވަނީ 2013 އިން 2023 ވަނަ އަހަރާއި ދެމެދު ޖެހިޖެހިގެން 10 ފަހަރު މަތިން ބުންޑެސްލީގާގެ ޗެމްޕިއަންކަން ހޯދާފަ އެވެ. މިދިޔަ އަހަރުގެ ޗެމްޕިއަން ކްލަބަކީ ބެޔާ ލެވަކޫސަން އެވެ.

މި ސީޒަނުގައި ބަޔާން މިއުނިކް އިން ތަފާތުތަކެއް ދައްކަމުންދާއިރު މި އަހަރުވެސް ލީގު ޗެމްޕިއަންކަން އެ ކްލަބުން ހޯދާނެކަމަށް ގަބޫލުކުރެވެ އެވެ. ބުންޑެސްލީގާގެ އެއްވަނައިގައި މިވަގުތުވެސް 8 ޕޮއިންޓުގެ ފަރަގަކާއެކު އެ ޓީމުން އޮތްއިރު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުންވެސް ވަނީ ފުރުސަތު ހޯދާފަ އެވެ.