ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ދިވެހިރާއްޖޭގެ ޤައުމީ ދާރުލްއާސާރާއި، ގދ. ތިނަދޫގައި ހުންނަ ހުވަދޫ ސަރަހައްދީ ދާރުލްއާސާރާއި، އުތީމުގަނޑުވަރު އާންމުންނަށް ހުޅުވާފައި ހުންނާނެ ގަޑިތައް އާއްމުކޮށްފިއެވެ.
ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ނެރުނު އިޢުލާނެއްގައި ވިދާޅުވީ ޤައުމީ ދާރުލް އާސާރާއި ގދ. ތިނަދޫގައި ހުންނަ ހުވަދޫ ސަރަޙައްދީ ދާރުލް އާސާރު ހުޅުވާފައި ހުންނާނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 09:00އިން މެންދުރު 13:00އަށްކަމަށެވެ. ޓިކެޓު ވިއްކާނީ ހެނދުނު 19:15އިން ފެށިގެން މެންދުރު 12:30އަށެވެ. ސަރުކާރު ބަންދު ދުވަސްތަކުގައި ދާރުލްއާސަރުތައް ބަންދުވާނެއެވެ.
އުތީމު ގަނޑުވަރު ހުޅުވާފައި ހުންނާނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 09:00އިން މެންދުރު 13:00އަށެވެ. ޓިކެޓި ވިއްކާނީ ހެނދުނު 09:15އިން ފެށިގެން މެންދުރު 12:30އަށެވެ. ހުކުރު ދުވަހާ ސަރުކާރު ބަންދު ދުވަސްތަކުގައި އުތީމު ގަނޑުވަރު ބަންދުވާނެއެވެ.
ރަމަޟާން މަސް ނަމަވެސް، މި ދުވަސްވަރަކީ ސްކޫލް ބަންދަށް ވުމާއެކު، ރަށްތަކަށް ދަތުރުކުރާ މީހުން އިތުރެވެ. އަދި ދާރުސް އާސާރާއި އާސާރީ ތަންތަނަކީ ގިނަ ޢަދަދަކަށް ފަތުވެރިންވެސް ބަލާލުމަށް ޒިޔާރަތްކުރާ ތަންތަނެވެ.