20 ސްކޫލަކުން ޖުމްލަ 537 ބައިވެރިންނާއެކު އިންޓަރ ސްކޫލް ރާޒުވާ ފެސްޓިވަލް ފަށައިފިއެވެ.
ހުޅުމާލޭ އާރކޭޑުގައި ކުރިއަށްދާ މިފެސްޓިވަލުގައި ފަސް އުމުރުފުރާއަކުން ބައިވެރިންދަނީ ވާދަކުރަމުންނެވެ. އެއީ 20 އަހަރުންދަށް، 18 އަހަރުންދަށް، 16 އަހަރުންދަށް، 14 އަހަރުންދަށް އަދި 12 އަހަރުންދަށުގެ އުމުރުފުރާއެވެ.
ރާޒުވާ އެސޯސިއޭޝަނުން އިންތިޒާމުކޮށް ކުރިއަށްގެންދާ މިމުބާރާތުގައި ކޮންމެ ދުވަހަކުވެސް ތިން ދަންފަޅިއަކަށް ކުޅުން ކުރިއަށްދާއިރު، މިހާތަނަށް މިމުބާރާތުގައި ވަނީ ތިން ބުރެއްގެ ކުޅުން ނިމިފައެވެ. މާދަމާވެސް މިމުބާރާތުގެ ނުވަ ބުރެއްގެ ކުޅުން ކުރިއަށްދާނެކަމަށް ރާޒުވާ އެސޯސިއޭޝަނުން ވަނީ މައުލޫމާތުދީފައެވެ.
އިންޓަރ ސްކޫލު ރާޒުވާ ފެސްޓިވަލް ކުރިއަށްދާނީ މިމަހުގެ 19އިން 25 އަށެވެ.