ދެކުނު ކޮރެއާގައި ކުރިއަށްދިޔަ އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުގައި ވާދަކުރި ރާއްޖޭގެ 21 އަހަރުން ދަށުގެ ގައުމީ ނެޓްބޯޅަ ޓީމުން ފައިނަލްގައި ޕާކިސްތާނާ ވާދަކޮށް ރަނަރަޕްކަން ހޯދައިފިއެވެ.
މިއަދު ހެނދުނު ކުރިއަށްދިޔަ މެޗުން ރާއްޖެއަށް ރަނަރަޕްކަން ލިބުނީ ޕާކިސްތާނާ ވާދަކޮށް 60-36 އިން ޕާކިސްތާނު މެޗު ކާމިޔާބުކުރުމުންނެވެ.
މިމުބާރާތުގައި ރާއްޖެއިން ކުޅުނު ހަ މެޗުގެ ތެރެއިން ހަމައެކަނި ބަލިވެފަވަނޕާކިސްތާނާ ވާދަކުރި ދެ މެޗުންނެވެ. އަދި ރާއްޖޭގެ ގައުމީ ނެޓްބޯޅަ ޓީމުންވަނީ މިމުބާރާތުގައި ވަރުގަދަ މޮޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން ރާއްޖެއިން ކާމިޔާބު ކުރި ހުރިހާ މެޗެއްހެން ކާމިޔާބުކޮށްފަވަނީ ބޮޑު ފަރަގަކުންކަން ފާހަގަކޮށްލެވެއެވެ.
އޭޝިއާގެ ގައުމުތައް ދެ ގުރޫޕަކަށް ބަހާލައިގެން، މި މުބާރާތް ކުރިއަށްދިޔައިރު އޭގެ ތެރެއިން ގްރޫޕް އޭ ގައި ހިމެނެނީ ރޭންކިންގެ އެންމެ ކުރީގައި އޮތް ހަ ގައުމެވެ. އެ ގައުމުތަކުން ވާދަކުރާނީ ލީގު ޗެމްޕިއަންކަމަށެވެ. އެއީ އިންޑިއާ، ސްރީލަންކާ، ސިންގަޕޫރު، މެލޭޝިއާ، އަދި ހޮންގކޮންގއެވެ.
ރާއްޖެ ހިމެނޭހެން އަނެއް ހަ ގައުމު އޮތް ގްރޫޕް ބީ އިން މިމުބާރާތުގައި ވާދަކުރީ ކަޕް ޗެމްޕިއަންކަމަށެވެ. މިއީ ރޭންކިންގެ ހަ ވަނަ އާއި 11 ވަނައާ ދެމެދުގެ ގައުމުތައް ވާދަކުރަމުންދާ ގްރޫޕެވެ. މި ގްރޫޕުގައި ދެން ހިމެނުނީ ސައުދީއަރަބިއްޔާ، ޕާކިސްތާން، ދެކުނު ކޮރެއާ، ޗައިނީސް ޓައިޕޭ، އަދި ޖަޕާނެވެ.