ނަފްސާނީ ސިއްޙަތުގެ ޤައުމީ ހެލްޕްލައިންގެ ޚިދުމަތް މިހާރު އަލުން ފަށާފައިވާ ކަމަށް ނެޝަނަލް މެންޓަލް ހެލްތު ޑިޕާރޓްމަންޓުން ވިދާޅުވެއްޖެއެވެ.
ނެޝަނަލް މެންޓަލް ހެލްތު ޑިޕާރޓްމަންޓުން ވިދާޅުވީ ނަފްސާނީ އެހީތެރިކަމެއް ބޭނުންވެއްޖެ ޙާލަތެއްގައި މިހާރު 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދޭ ހިލޭ ގުޅޭ ނަންބަރު، 1677 އަށް ގުޅޭނެ ކަމަށެވެ.
ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހެލްޕްލައިންގެ ޚިދުމަތް އިއްޔެ މެދުކެނޑުމާ ގުޅިގެން ނަފްސާނީ އެހީތެރިކަމަށް ބޭނުންވެއްޖެނަމަ ގުޅޭނެ ވަގުތީ ނަމްބަރެއް ނެޝަނަލް މެންޓަލް ހެލްތު ޑިޕާރޓްމަންޓުން ތަޢާރަފްކުރެއްވިއެވެ.
📢 ނަފްސާނީ ޞިއްޙަތުގެ ޤައުމީ ހެލްޕްލައިންގެ ޚިދުމަތް ވަނީ އަލުން އިއާދަކުރެވިފައި!
— National Mental Health Department (@nmhdmv) July 20, 2025
ނަފްސާނީ އެހީތެރިކަމެއް ބޭނުންވެއްޖެ ޙާލަތެއްގައި 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދޭ ހިލޭ ގުޅޭ ނަންބަރު، 1677 އަށް ގުޅުއްވާ! pic.twitter.com/96J71fLSD3
ނަފްސާނީ ހެލްޕްލައިންގެ މައިގަނޑު އެއް މަޤްސަދަކީ ނަފްސާނީ ގޮތުން އުނދަގޫވާ އެކިއެކި ހާލަތްތަކުގައި އާއި ނަފްސާނީ ބަލި ހުންނަ އެކި އުމުރު ފުރައިގެ މީހުންނަށް، ނަފްސާނީ ފުރަތަމަ އެހީތެރިކަން، 24 ގަޑިއިރު ލިބިގެން ދިއުމެވެ. މިނަންބަރުން ނަފްސާނީ ސިއްޙަތުގެ ފުރަތަމަ އެހީގެ އިތުރުން މައްސަލަ ހައްލުކުރުމަށް އެހީތެރިވުމާއި މަޢުލޫމާތު ފޯރުކޮށްދިނުމާއި ހެދިފައިވާ އުޞޫލްގެ ތެރެއިން ގުޅުން ހުރި ޚިދުމަތްތަކަށް ރިފަރަލް ހެދިގެންދާނެކަމަށްވެސް ސިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ނަފްސާނީ އެކިއެކި ކަންކަން ކުރިމަތިލަމުންދާ ފަރާތްތަކަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް ޚާއްޞަ ހެލްޕްލައިން 1677 އިފްތިތާޙުކޮށް ޚިދުމަތް ފަށާފައިވަނީ، 21 ފެބްރުއަރީ 2024 ގައެވެ.