ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާއި ގުޅިގެން މިއަދު 26 ޖުލައި 2025 އައިޖީއެމްއެޗްގެ އޮޕީޑީ އަދި އެހެނިހެން ކްލިނިކަލް ޚިދުމަތްތައް ބަންދުވާނެ ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗުން ވިދާޅުވެއްޖެއެވެ.
އައިޖީއެމްއެޗުން ވިދާޅުވީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާއި ގުޅިގެން ޖުލައި 27 އަދި 28 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ވީނަމަވެސް، މި ދުވަސްތަކުގައި ދަރުމަވަންތަ ހޮސްޕިޓަލް އައިޖީއެމްއެޗް އަދި ވިލިމާލެ ހޮސްޕިޓަލުން ފޯރުކޮށްދެމުންދާ ޚިދުމަތްތައް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށްވެސް ވިދާޅުވިއެވެ.
..ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާއި ގުޅިގެން އޯ.ޕީ.ޑީ އަދި އެހެނިހެން ކްލިނިކަލް ޚިދުމަތްތައް ބަންދުވުމާއި ގުޅޭ pic.twitter.com/Bx7ibbQwNJ
— IGMH (@igmhmv) July 25, 2025
އައިޖީއެމްއެޗްއިން އަންނަނީ އެ ހޮސްޕިޓަލްގެ ޚިދުމަތްތައް ފުޅާކުރުމަށްޓަކައި ބައެއް ބަދަލުތައް ގެންނަމުންނެވެ. އެގޮތުން އައިޖީއެމްއެޗްގައި މިމަހުގެ 27ދުވަހު އައިނު ފިހާރަ ހުޅުވައި ޚިދުމަތް ދޭން ފަށަން އަންނަނީ ތައްޔާރުވަމުންނެވެ.