ރާއްޖެ ވޮލީ ޖޫނިއަރ ޗެމްޕިއަންޝިޕް 2025 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކުރާ މި މުބާރާތް އޮންނާނީ 20-30 ސެޕްޓެމަބަރަށް ޒުވާނުންގެ މަރުކަޒުގައެވެ.
ރާއްޖެ ވޮލީ ޖޫނިއަރ ޗެމްޕިއަންޝިޕްގައި އަންހެން އަދި ފިރިހެން ޑިވިޜަންގެ 14 އަހަރުން ދަށް ، 16 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ ކެޓަގަރީތައް ހިމެނެއެވެ.
މި މުބާރާތް ހުޅުވާލެވިފައިވަނީ ރަށު ކައުންސިލް އަދި ސިޓީ ކައުންސިލް ތަކަށެވެ. ކޮންމެ ރަށު ކައުންސިލަކުން ވެސް ބައިވެރި ކުރެވޭނީ ކޮންމެ އުމުރު ފުރާ އަކުން އަންހެން 1 އަދި ފިރިހެން 1 ޓީމެވެ. އަދި ކޮންމެ ސިޓީ ކައުންސިލަކުން ބައިވެރި ކުރެވޭނީ ކޮންމެ އުމުރު ފުރާ އަކުން 3 ޓީމެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 25 ސެޕްޓެމްބަރ 01 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށެވެ.