ޚަބަރު

ފުވައްމުލަކުގައި ހިނގި އެކްސިޑެންޓެއްގައި 17 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ


  • ނިޔާވީ 17 އަހަރުގެ ފިރިހެން ކުއްޖެއް

  • މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން

ފުވައްމުލައް ސިޓީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 17 އަހަރުގެ ކުއްޖަކު ނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މި އެކްސިޑެންޓު ހިނގީ ފުވައްމުލައް ފުނާޑު، ހުސްނުހީނާ މަގުން ދުއްވާފައި ދިޔަ ސައިކަލެއް ފާރުގައި ޖެހި ކޮންޓްރޯލްނުވެ ގޮސް އެ ސަރަހައްދުގައި ހުރި މަގުބައްތި ހޮޅިދަނޑީގައި ޖެހިގެންކަމަށެވެ. ރޭ ހިނގި އެ އެކްސިޑެންޓު ރިޕޯޓުކުރީ 02:40 އެހާކަންހާއިރުކަމަށް ފުލުހުން ވިދާޅުވިއެވެ.

މި އެކްސިޑެންްޓުގައި ނިޔާވީ 17 އަހަރުގެ ފިރިހެން ކުއްޖެކެވެ. ފުވައްމުލަކު ހޮސްޕިޓަލާ ހަވާލާދެއްވާފުލުހުން ވިދާޅުވީ، އެކުއްޖާ ނިޔާވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ރޭ 03:38 އެހާކަންހާއިރުކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.