ޚަބަރު

އައިޓީއެފް ޖޭ30: އާރާ ފައިނަލަށް ނަބާ ސެމީއަށް


މިހާރު ކުރިޔަށްދާ އައިޓީއެފް މޯލްޑިވްސް ޖޫނިއާ އޯފަން، ޖޭ30 ޓެނިސް މުބާރާތުގެ ފައިނަލުން ރާއްޖޭގެ އާރާ އާސަލް އާޒިމް އަދި ސެމީ ފައިނަލުން ނަބާ ނިޝާން ޖާގަ ހޯދައިފިއެވެ.

އާރާ ފައިނަލަށް ދަތުރުކުރީ ޑަބަލްސް އިވެންޓުންނެވެ. ނަބާ ސެމީ ފައިނަލަށް ދަތުރު ކުރީ ސިންގަލްސް އިވެންޓުންނެވެ.

ޑަބަލްސް އިވެންޓުގެ ފައިނަލަށް އާރާގެ ޕެއާ ދަތުރުކުރީ ފްރާންސްގެ ދެ ކުޅުންތެރިންނާއި ވާދަކޮށް ސީދާ ދެ ސެޓުން ސެމީ ފައިނަލް ކާމިޔާބުކޮށްގެންނެވެ.

އާރާ އާއި ތައިލޭންޑްގެ ޓަރީޓާގެ ޕެއާއިން މި މެޗުގެ ސެޓުތައް ކާމިޔާބުކުރީ 6-1 އަދި 6-3 ންނެވެ.

ނަބާ ސިންގަލްސްގެ ސެމީ ފައިނަލުން ޖާގަ ހޯދީ ޝާލޮޓް ޕާކްސް އާއި ވާދަކޮށް 2-1 ސެޓުން ކުއާޓަރ ފައިނަލް މެޗު ކާމިޔާބުކޮށްގެންނެވެ. ނަބާ މި މެޗުގެ ދެ ސެޓު ކާމިޔާބުކުރީ 6-4 އަދި 6-3 ންނެވެ. މާދަމާ ހެނދުނު ނަބާ ސެމީ ފައިނަލްގައި ނިކުންނާނީ ތައިލޭންޑުގެ ޓަރީޓާ ހޮންގްޔޮންގ އާއި ދެކޮޅަށެވެ.