ޚަބަރު

ޣައްޒާގައި ހަރަކާތްތެރިވާނެ ފަލަސްޠީނުގެ 3،000 ފުލުހުން ތަމްރީނުކުރަން ވިލާތުގެ އިއްތިޙާދުން މަޝްވަރާކުރަނީ


ފަލަސްޠީނުގެ ޣައްޒާއިން ފަލަސްޠީނުގެ 3،000 ފުލުހުން ތަމްރީންކުރަން ހުށަހަޅާފައިވާ ހުށަހެޅުމަކާމެދު ވިލާތުގެ ޤައުމުގެތަކުގެ އިއްތިޙާދު، އީޔޫގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި މަޝްވަރާކުރަން ތައްޔާރުވެއްޖެއެވެ.

އެކަމަށް ތައްޔާރުކޮށްފައިވާ ކަރުދާހަކާ ޙަވާލާދީ ރޮއިޓަރސް ނޫހުން ބުނީ، އަންނަ ހަފްތާގައި އޮންނަ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި، ފަލަސްޠީނުގެ 3،000 ފުލުހުންގެ ތަމްރީން އީޔޫން ފޯރުކޮށްދޭން މަޝްވަރާކުރަނީ، ޣައްޒާގައި ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް ހަރަކާތްތެރިވުމަށް ތައްޔާރުކޮށްދިނުމަށެވެ.

ޣައްޒާގެ ސަލާމަތާއި ރައްކާތެރިކަން އަމިއްލައަށް ބެލެހެއްޓުމުގެ ބާރު، ޕަލަސްޓީނިއަން އޮތޯރިޓީ (ޕީއޭ)ގެ އަތްމައްޗަށް ދޫކޮށްލުމަކީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޣައްޒާގެ ސުލްޙައިގެ ޕްލޭންގައި ހިމެނޭ ކަމެކެވެ.

2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދިޔަ ޢުދުވާނީ ޙަމަލާތައް ނިމުމަކަށް އައީ އެމެރިކާގެ އެހީތެރިކަމާއެކު ޔަހޫދީންނާއި ޙަމާސް ޖަމާޢަތާ ދެމެދު ޤާއިމްކޮށްފައިވާ ޙަމަލާ ބަދަލުކުރުމުގެ އެއްބަސްވުމަކަށް މި އަހަރުގެ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކުގައެވެ.

ރޮއިޓަރސްއިން ބުނީ، އީޔޫން މަޝްވަރާކުރަމުންދާ ކަރުދާހުގައި ވަނީ ފުލުހުން ތަމްރީން ކުރުމާއި ޝަރުޢީ ދާއިރާ އިސްލާޙުކުރުމަށް އީޔޫގެ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

މިގޮތުން، 3،000 ފުލުހުން ތަމްރީން ކުރުމަށްފަހު، މައިގަނޑު އަމާޒަކީ ޕީއޭގެ ދަށުގައި ހަރަކާތްތެރިވާނެ 13،000 ފުލުހުންގެ ފައުޖެއް އީޔޫން ތަމްރީންކޮށްދިނުމެވެ.

މީގެއިތުރުން، ޣައްޒާއަށް ވަންނަ މަގުތަކުގައި ޤާއިމުކޮށްފައިވާ ޗެކްޕޮއިންޓުތަކާއި ސަރަޙައްދީ ރޮނގުތައް ބެލެހެއްޓުމުގައި ވެސް އީޔޫގެ ދައުރު ފުޅާކުރުމަށް އެ ކަރުދާހުގައި ހިމަނާފައިވާކަމަށް ބުނެފައިވެއެވެ.