ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި މިމަހުގެ 9 ވަނަ ދުވަހު ހިންގި ހަމަނުޖެހުމާއި ގުޅިގެން 2 މީހަކު ހައްޔަރުކޮށް އެމީހުންގެ ބަންދަށް މުއްދަތު ޖަހައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިމަހުގެ 9 ވަނަ ދުވަހުގެ ރޭ 12:15 ގައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ހިންގި ހަމަނުޖެހުމާއި ގުޅިގެން 2 ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މިއްސަލާގައި ހައްޔަރުކޮށްފައިވަނީ، ސްރީލަންކާއަށް ނިސްބަތްވާ ތިލަކް ޗޯމަޗަންދްރަ މަޑެތަލަވޭ ކަންކަނަމަލަގޭއާއި ޕްރިޔަންތަ ސިލްވާދެވަނިއްތިގެއެވެ.
ފުލުހުން ވިދާޅުވީ، މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށެވެ.
މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.