ނ. އަތޮޅުގައި އޮންނަ ސޮނޭވާ ޖާނީ ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، އަލިފާނުގެ ހާދިސާއެއްގެ ރިޕޯޓް ލިބިފައިވާ ކަމަށާއި، މިހާރު އެ ސަރަހައްދަށް ދަތުރުކުރަމުންދާކަމަށެވެ. މީގެ އިތުރު ތަފްސީލެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން މީސްމީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި އަލިފާން ރޯވެފައިވަނީ، އެ ރިސޯޓުގެ ވިލާއެއްގައެވެ. ނަމަވެސް ރަސްމީ އިދާރާއަކުން މިހާތަނަށް މިކަން ކަށަވަރުކޮށްދީފައި ނުވެއެވެ.
އަލިފާނުގެ ހާދިސާއާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުންދާކަމަށް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ. އަދި އިތުރު ތަފްސީލު ލިބޭ މިންވަރަކުން ހިއްސާކުރާނެ ކަމަށްވެސްވަނީ ވިދާޅުވެފައެވެ.