ތަރައްްޤީ

އެއަރޕޯޓުގެ 3 ސަރަޙައްދަކުން ހިލޭ ވައިފައިގެ ޚިދުމަތް


އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ 3 ސަރަޙައްދަކަށް ހިލޭ ވައިފައިގެ ޚިދުމަތް މިއަދު ތަޢާރަފްކޮށްފިއެވެ.

ހިލޭ ވައިފައިގެ ޚިދުމަތް މިއަދު ތައާރަފްކޮށްފައިވަނީ، އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑޮމެސްޓިކް ޓަރމިނަލްގައާއި، އެރައިވަލް ޓަރމިނަލްގެ އިތުރުން، ވީއައިޕީ ލައުންޖުގައެވެ. މިހާތަނަށް އެއަރޕޯޓުގައި ހިލޭ ވައިފައިގެ ޚިދުމަތް ދެމުން އައިސްފައިވަނީ ހަމައެކަނި، ޑިޕާޗަރ ޓަރމިނަލްގައެވެ.

މިކަމާ ގުޅޭގޮތުން ޕީއެސްއެމްއަށް މަޢުލޫމާތުދެއްވަމުން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ، އާދިލް މޫސާ ވިދާޅުވީ، އެއަރޕޯޓްގެ އެރައިވަލް ޓަރމިނަލަށް ހިލޭ ވައިފައިގެ ޚިދުމަތް ނުލިބޭތީ، ދަތުރުވެރިންގެ ފަރާތުން ޝަކުވާ ލިބެމުންދާކަމަށެވެ. އަދި މިހާރު އެއަރޕޯޓުގެ ގިނަ ސަރަޙައްދުތަކަށް ފްރީ ވައިފައިގެ ޚިދުމަތް ފޯރުކޮށްދެވިފައިވާ ކަމަށާއި، މިއާއެކު ދަތުރުވެރިންނަށް ލުއި ފައްސޭހަތަކެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމަށް އާދިލް މޫސާ ވިދާޅުވިއެވެ.