ޚަބަރު

1.8 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި


  • މިތަކެތި އަތުލައިގަތީ މިދިޔަ މަހުގެ 24ގައި

  • އަތުލައިގަތީ މެތަމްފެޓަމިން ކިޔާ މަސްތުވާތަކެތީގެ ބާވަތެއް

މަގުމަތީ އަގު 1.8 މިލިއަން ދިވެހި ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފިއެވެ.

މޯލްޑިވްސް ކަސްޓަމްސްއިން ވިދާޅުވީ، ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 941 ގްރާމްގެ މަސްތުވާތަކެތި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އަތުލައިގަނެފައިވާ ކަމަށެވެ. މިތަކެތި އަތުލައިގަނެފައިވަނީ، މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީގެ އަގު 1.8 މިލިޔަނަށްވުރެ ގިނަ ރުފިޔާ އަރާ ކަމަށްވެސް ކަސްޓަމްސްއިން ވިދާޅުވެއެވެ.

ކަސްޓަމްސްއިން އަތުލައިގަތް މަސްތުވާތަކެއްޗަކީ، މެތަމްފެޓަމިން ކިޔާ މަސްތުވާތަކެތީގެ ބާވަތެކެވެ.