ޚަބަރު

ވިލާ ކޮލެޖުގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި


ވިލާ ކޮލެޖުން އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. 

އަންނަ ޖެނުއަރީ މަހު ފަށާ ފަންސާސް ހަތް ކޯހެއްގައި ބައިވެރިވުމުގެ ފުރުޞަތު މިއަދުން ފެށިގެން ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާކަމަށް ވިލާ ކޮލެޖުން ބުނެއެވެ. 

މީގެތެރޭގައި އިންފޮރމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް މެނޭޖްމަންޓް، ޓީޗިން، އެޑިއުކޭޝަން ކޯސްތައް ހިމެނެއެވެ. މީގެއިތުރުން ޝަރީޢާ، ލޯ ހިއުމަން ރިސޯސަސް,ޓުއަރިޒަމް، އެކައުންޓިންގ އަދި މެރިން ސްޓަޑީސް ދާއިރާގެ ކޯސްތައް ހިމެނޭކަމަށް ވިލާ ކޮލެޖުން  ބުނެއެވެ. 

މި ކޯސްތަކުގެ ތެރޭގައި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑްގެ އެމް.އެސް.ސީ ޕަބްލިކް ހެލްތު ކޯހަކީ ޖެނުއަރީ މަހު މުޅީން އަލަށް ފެށުމަށް ހަމަޖެހިފައިވާކޯހެއް ކަމަށް ވިލާކޮލެޖުން މައުލޫމާތުދެއެވެ. ވިލާ ކޮލެޖްގެ އެގްޒެކްޓިވް ޑިރެކްޓަރ ޑރ. އަލީ ނަޖީބް ވިދާޅުވީ، އިނގިރޭސި ވިލާތުގެ ޔުނިވަރސިޓީއާއި ގުޅިގެން ހިންގާ ކޯސްތަކުގައި ބައިވެރިވުމުން ދެ އަހަރު ވިލާ ކޮލެޖްގައި ކިޔެވުމަށްފަހު، ކޯހުގެ އެންމެ ފަހު އަހަރު އިނގިރޭސި ވިލާތުގައި ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނެކަމަށެވެ. 

ޑރ. ޢަލީ ނަޖީބް ވިދާޅުވީ، ވިލާ ކޮލެޖުގެ ކޯސްތަކުގައި ކިޔަވާ ދަރިވަރުންނަށް މޯލްޑިވްސް އިސްލާމިކް ބޭންކުގެ ފައިނޭންޝަލް ފެސިލިޓީސްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށާއި މި ސްކީމްގެ ދަށުން ކޯހަށް ދައްކަންޖެހޭ ފީ ކުޑަވަގެންދާނެކަމަށެވެ.

ވިލާ ކޮލެޖުން މިއަދު ވަނީ ވިލާ ކޮލެޖުގެ ސްކޮލަރޝިޕް ސްކީމް 2017 އަށް އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ ފުރުޞަތުވެސް ހުޅުވާލާފައެވެ. މި ސްކީމްގެ ދަށުން ހަތަރު ދާއިރާއަކުން ޖުމްލަ 12 ވަރަކަށް ދަރިވަރުންނަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް ވިލާ ކޮލެޖުން ބުނެއެވެ. 



ޖެނުއަރީ 2017 ގައި ވިލާ ކޮލެޖުން ފެށުމަށް ހަމަޖައްސާފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން.

އެޕްލިކޭޝަން ހުޅުވާލި ތާރީޚް: 29 އޮކްޓޯބަރ 2016 ހޮނިހިރު ދުވަސްއެޕްލިކޭޝަން ހުށަހެޅުމުގެ އެންމެފަހު ތާރީޚް: 12 ޑިސެމްބަރ 2016 ހޯމަ ދުވަސް

ވިލާ ކޮލެޖުގެ ކޯސްތަކުގައި ކިޔަވާ ދަރިވަރުންނަށް މޯލްޑިވްސް އިސްލާމިކް ބޭންކުގެ ފައިނޭންޝަލް ފެސިލިޓީސްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވެއެވެ. ތަފާތު 3 ޑިސްކައުންޓް ސްކީމަކާއި ވިލާ ކޮލެޖްގެ 2017 ވަނައަހަރުގެ ސްކޮލަރޝިޕް ސްކީމްގައި ބައިވެރިވުމުގެ ފުރުޞަތުވެސް ހުޅުވާލެވިފައިވެއެވެ. 

މާލެއާ އެކު ވިލާކޮލެޖްގެ 9 ކެމްޕަހެއްގައި ޕްރޮގްރާމްތައް ފެށިގެންދާނެއެވެ. ތިރީގައި މިވަނީ އެކެމްބަސްތަކެވެ.ވިލާ ކޮލެޖް ކިޔު.އައި ކެމްޕަސް (މާލެ)ވިލާ ކޮލެޖް ހިތަދޫ ކެމްޕަސް (އައްޑު ސިޓީ)ވިލާ ކޮލެޖް ނައިފަރު ކެމްޕަސްވިލާ ކޮލެޖް ފުވައްމުލަކު ކެމްޕަސްވިލާ ކޮލެޖް ކުލުދުއްފުށީ ކެމްޕަސްވިލާ ކޮލެޖް މަހިބަދޫ ކެމްޕަސްވިލާ ކޮލެޖް ލޭކްސައިޑް ކެމްޕަސް (ށ.ފުނަދޫ)ވިލާ ކޮލެ ހުޅުމީދޫ ކެމްޕަސް (އައްޑު ސިޓީ)ވިލާ ކޮލެޖް އޭދަފުށި ކެމްޕަސްވިލާ ކޮލެޖްގެ ކެމްޕަސްތައް ނުހުންނަ ރަށްރަށުގައިވެސް ޕްރޮގްރާމްތައް ކުރިއަށްގެންދިއުމުގެ ފުރުޞަތު ހުޅުވާލެވުނު.ތަފާތު ދާއިރާތަކުން ޢިއްލާންކުރި ޖުމުލަ ކޯސްތަކުގެ ޢަދަދު: 56  އެއީ؛މެރިންސްޓަޑީޒްގެ ދާއިރާއިން 8 ކޯސްސެޓްފިކެޓް ލެވެލް 3 ގެ 8  ކޯސްސެޓްފިކެޓް 4 ނުވަތަ ފައުންޑޭޝަންގެ 9 ކޯސްޑިޕްލޮމާގެ 7 ކޯސްބެޗްލަރސް ޑިގްރީގެ 15 ކޯސްޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓް/ޑިޕްލޮމާ ގެ 3 ކޯސްމާސްޓަރސްގެ 6 ކޯސްކޯސް ތަކުގެ ދާއިރާތައް ތިރީގައި މިވަނީއެވެ. 

ކޮމްޕިއުޓަރ ސައިންސްމަލްޓިމީޑިއާ ޓެކްނޮލޮޖީބިޒްނަސް މެނޭޖްމެންޓްޝަރީއާ އެންޑް ލޯރިސަރޗް ސްޓަޑީސްޕަބްލިކް ހެލްތް ރިސަރޗްއެކައުންޓިންގ އެންޑް ފައިނޭންސްމާރކެޓިންގހިއުމަން ރިސޯރސް މެނޭޖްމެންޓްއެޑިޔުކޭޝަންޕްރައިމަރީ ޓީޗިންގ އަދި އާރލީޗައިލްޑްހުޑް ޓީޗިންގްދިވެހިބަހާއި ތާރީޚްހޮސްޕިޓަލިޓީ އޮޕަރޭޝަންސްލައިބްރަރީ ސައިންސްމެރިން ސްޓަޑީޒް