ޕެސިފިކް ކަނޑުގައި އެލްނީނޯގެ ބާރު މިހާރު ގަދަވަމުން އަންނަކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ އެންމެފަހުގެ މަޢުލޫމާތުތަކުން ދައްކާ ގޮތުގައި އިރުމަތީ އިކުއެޓޯރިއަލް ޕެސިފިކް ސަރަހައްދުގެ ކަނޑުގެ މަތީ ފަށަލައިގެ ހޫނުމިން ވަނީ އާންމު މިންވަރަށްވުރެ 2.0 ޑިގްރީ ސެލްސިއަސްއަށް މައްޗަށް ގޮސްފައެވެ. އަދި ނީނޯ 3.4 އިންޑެކްސްއަށް ބަލާއިރ،ު މި މަހުގެ މެދުތެރޭގައި މި މިންގަނޑު 1.8 ޑިގްރީ ސެލްސިއަސްއަށް އުފުލިފައިވާ ކަމަށް އެއިދާރާއިން ވިދާޅުވެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާޢިން ވިދާޅުވީ ނީނޯގެ އެހެން ސަރަހައްދުތަކުން ވެސް ފެންނަނީ ހޫނުމިން ވަރަށް ބޮޑަށް މަތިވަމުންދާ ތަންކަމަށާއި، ކަނޑާއި ޖައްވުގެ ހާލަތުން ވެސް މިހާރު އެލްނީނޯގެ އަސަރުތައް އަންގައިދޭކަމަށެވެ. ކްލައިމެޓް ޕްރެޑިކްޝަން ސެންޓަރު، ސީޕީސީން ލަފާކުރާ ގޮތުގައި މި އަހަރުގެ ނިޔަލަށް އެލްނީނޯގެ ބާރު އަންނާނީ ގަދަވަމުންނެވެ.
އެލްނީނޯގެ ހާލަތު މޫސުމާބެހޭ ޤައުމީ އިދާރާއިން ވަރަށް ގާތުން ބަލަމުން ދާކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. އެލްނީނޯގެ ސަބަބުން ދިވެހިރާއްޖެއަށް ކުރާ މައިގަނޑު އަސަރުތަކުގެ ތެރޭގައ،ި ކަނޑުގެ ލޮނުގަނޑު އާދަޔާޚިލާފަށް ހޫނުވުމުގެ ސަބަބުން ފަރުތަކުގެ ދިރުމަށް ކުރިމަތިވާ ނުރައްކާތައް ހިމެނެއެވެ. މީގެ އިތުރުނ،ް ވާރޭވެހޭ މިންވަރަށް އަންނަ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމަށް ކުރާ ނޭދެވޭ އަސަރުތަކާއި، ކަނޑުގެ އޮއިވަރާއި ހާލަތަށް އަންނަ ބަދަލުތަކުގެ ސަބަބުން މަސްވެރިކަމުގެ ސިނާޢަތަށް ކުރިމަތިވާ ގޮންޖެހުންތައް ހިމެނެއެވެ. މި ކަންކަމުން ހާމަވަނީ މޫސުމީ ބަދަލުތަކުގެ ކުރިމަތީގައި ރާއްޖެ އޮތް ނާޒުކު މިންވަރެވެ. އަދި ފަތުރުވެރިކަމާއ،ި މަސްވެރިކަމާއ،ި ދަނޑުވެރިކަން ފަދަ މުހިންމު ދާއިރާތަކުން މިފަދަ ބަދަލުތަކަށް ދުރާލާ ތައްޔާރުވެފައި އޮތުމުގެ މުހިންމުކަން މި ކަންކަމުން ދޭހަކޮށްދޭ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.
އެލްނީނޯގެ ދުވަސްވަރު ކަނޑުގެ ސަތަހައިގެ ހޫނުމިން މަތިވުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އާދަޔާ ހިލަފަށް ހޫނުވެ ފަރުތަކުގެ ދިރުންތަކަށް ބޮޑެތި ނުރައްކާތަކާ ކުރިމަތިވެއެވެ.
ޕެސިފިކް ކަނޑުގެ މެދުތެރޭގެ ހޫނުމިނަށް އަންނަ ބަދަލުތަކުގެ ސަބަބުން ވައިގެ މިސްރާބާއި އޮއިވަރަށް ބަދަލު އައިސް ކަނޑުގެ ފަށަލަތަކަށް ލޮޅުން އަރުވައެވެ. މި ބަދަލުތަކުގެ ސަބަބުން ކަޅުބިލަމަހާއި ރީނދޫއުރަހަ ކަންނެލި އުޅޭ ސަރަހައްދުތައް ބަދަލުވެ، މަސްވެރިކަން ދަށްވެގެންދެއެވެ. މީގެ އިތުރުން ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ފުން ހިސާބުތަކުން މައްޗަށް އަރާ ފިނިފެނާއި ކާނާ މަދުވެ، މަސްމަހާމެހީގެ އާބާދީ ދަށްވެއެވެ. ތާރީޚީ ގޮތުން ބަލާއިރު އެލްނީނޯ އަހަރުތަކުގައި ކަޅުބިލަމަހުގެ މަސްވެރިކަން ވަރަށް ބޮޑަށް ރާއްޖެއަށް ދަށްވެފައިވާކަން ފާހަގަކުރެވެއެވެ.
މުރަކަ ހުދުވުމުގެ ސަބަބުން ތިމާވެއްޓާ ގުޅުންހުރި ފަތުރުވެރިކަމަށް ސީދާ ނޭދެވޭ އަސަރުކުރެއެވެ. މީގެ ސަބަބުން ފަރުތަކަށް ބަރޯސާވާ ފަތުރުވެރިކަމުގެ މަގުބޫލުކަން ކުޑަވެ ކަނޑުގެ ދިރުންތަކަށް ބަރޯސާވެފައިވާ އާމްދަނީގެ ވަސީލަތްތަކަށް ހުރަސް އެޅެއެވެ.
އެލްނީނޯގެ ދުވަސްވަރު ހޫނުމިން މަތިވުމުގެ ސަބަބުނ،ް ތަންތަން ފިނިކުރުމަށް ބޭނުންވާ ހަކަތައިގެ މިންވަރު އިތުރުވެ، ކަރަންޓު އުފައްދާ ނިޒާމުތަކަށް ބާރުބޮޑުވެއެވެ.
ވާރޭ ވެހޭ މިންވަރަށް އަންނަ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމުގެ މޫސުމީ ބުރުތަކަށް ބުރޫއަރައ،ި ގަސްގަހާގެހިން ލިބޭ މިންވަރު މަދުވެއެވެ.
El Niño is strengthening. Climate outlook for Sept–Nov: above‑normal rainfall in northern & parts of central atolls, below‑normal in southern-most atolls. Across the Maldives, temperatures will be above‑normal. Full report: https://t.co/mfpQifM8Jz pic.twitter.com/Y7XC9lePcg
— Maldives Meteorology (@MetMaldives) August 28, 2026
މޫސުމާ ބެހޭ ޤައުމީ އިދާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން މިއަހަރުގެ ސެޕްޓެންބަރު މަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށް ރާއްޖެއަށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ މިންވަރާއި ހޫނުމިން ހުންނާނެ ކަމަށް ލަފާކުރެވޭ މިންވަރުގެ ހާމަވެއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާގެ އާންމުކޮށްފައިވާ ތަފާސްހިސާބުތައް ހިމެނޭ ޗާޓުގައި ފެހި ކުލައިން އާންމުކޮށް ވާރޭ ވެހޭ މިންވަރަށް ވުރެ އިތުރުވާނެކަން، އަޅި ކުލައިން އާންމު މިންވަރަށް ވާރޭވެހޭނެކަން، އަދި އޮރެންޖު ކުލައިން އާންމުކޮށް ވެހޭ މިންވަރަށް ވުރެ މަދުވާނެކަން ދޭހަކޮށްދެއެވެ.
އަދި ހޫނުމިން ހުންނާނެ މިންވަރު ވެސް ތިން ބަޔަކަށް ބަހާލާފައިވާއިރ،ު ރަތް ކުލައިން އާންމު މިންވަރަށްވުރެ ހޫނުގަދަވުނ،ް އަޅި ކުލައިން އާންމު މިންވަރެއްގައި ހުރުނ،ް އަދި ނޫ ކުލައިން އާންމު މިންވަރަށްވުރެ ފިނިވުން ފާހަގަކޮށްފައިވެއެވެ.
މި ލަފާކުރުންތަކުން ދައްކާގޮތުގައި ސެޕްޓެންބަރުމަހު ރާއްޖޭގެ އުތުރަށް ވާރޭވެހޭނީ އާންމު މިންވަރަށްވުރެ މަދުންނެވެ. ނަމަވެސް ދެކުނާއި މެދުރާއްޖެތެރޭ އަތޮޅުތަކަށް އާންމު މިންވަރަށްވުރެ އިތުރަށް ވާރޭވެހޭނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން އޮކްޓޯބަރު އަދި ނޮވެންބަރު މިދެމަހު ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް އާންމުކޮށް ވާރޭ ވެހޭ މިންވަރަށް ވުރެ ގިނައިން ވާރޭ ވެހޭނެއެވެ. ނަމަވެސ،ް އެންމެ ދެކުނުގެ އަތޮޅަށް ވާރޭވެހޭނެ ކަމަށް ބެލެވެނީ އާންމުކޮށް ވާރޭ ވެހޭ މިންވަރަށް ވުރެ މަދުންނެވެ.