ޚަބަރު

ފެނަކަ ހިންގުން ސްޓެލްކޯގެ އެމްޑީ ޑރ.އަޒުވަރަށް


  • މަސައްކަތް ކުރަނީ ފެނަކައިގެ މަސައްކަތްތައް ސްޓެލްކޯއަށް ބަދަލުކުރުމަށް

ފެނަކަ ކޯޕަރޭޝަންގެ ހިންގުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޑރ. އަލީ އަޒުވަރާއި ހަވާލުކޮށްފިއެވެ.

ފެނަކަ ކުންފުނީގެ ހިންގުން ޑރ. އަޒުވަރާއި ހަވާލުކުރިކަން ހާމަކޮށް ޕްރައިވެޓައިޒޭޝަން ކޯޕްރަޓައިޒޭޝަން ބޯޑު، ޕީސީބީއިން ވިދާޅުވީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ އެގްޒެކެޓިވް ޑިރެކްޓަރ އަދި އެކްޓިންގ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ސ.ފޭދު، ނެސްޕްރޯވިލާ، ޑރ.އަލީ އަޒުވަރު އައްޔަންކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ހ.ހުދުރިޔާ، އިބްރާހިމް ނިޠާމް އައްޔަންކޮށްފައިވާ ކަމަށް ޕީސީބީން ވިދާޅުވިއެވެ.

ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އަފީފު ހުސައިން ވަނީ ވަކިކޮށްފައެވެ.

ފެނަކަ ކުންފުނީގެ ހިންގުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރާއި ހަވާލުކޮށްފައިމިވަނީ އެކުންފުނި އުވާލައި، ކުންފުނީގެ މަސައްކަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރަމުންދާ މަރުހަލާ ކުރިއަށްދާ ދަނޑިވަޅެއްގައެވެ. މިހާރު ފެނަކައިގެ ދަށުން ޚިދުމަތް ދެމުން އަންނަ ރަށްރަށުގެ އޮޕަރޭޝަން ސްޓެލްކޯއަށް ބަދަލުކުރުމުގެ ތެރެއިން ރަށްރަށުގެ އެސެސްމެންޓު ހަދައި، ސްޓެލްކޯއިން ދަނީ ރަސްމީކޮށް އޮޕަރޭޝަނާ ހަވާލުވަމުންނެވެ.