ތިމާވެށި

ކުރިއަށްއޮތް ފަސްދުވަހު އެކި ހިސާބުތަކަށް ވިއްސާރަކުރާނެ


ކުރިއަށް އޮތް ފަސްދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭކަމަށް، މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިހާރުކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށާއި މިއަހަރުގެ ހުޅަނގު މޫސުމުގެ ވިއްސާރަ ވެގެންދާނީ، މޫސުމީގޮތުން ބަލާއިރު އާދައިގެ ހުޅަނގު މޫސުމަކަށް ކަމަށެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް ހުޅަނގު މޫސުމުގެ ވިއްސާރަކުރަން މިއަދު ފަށާފައިވާއިރު ވޭތުވެދިޔަ ސައުވީސް ގަޑިއިރު އެންމެ ބޮޑަށް ވިއްސާރަ ކޮށްފައިވަނީ އައްޑޫސިޓީގެ ގަމަށެވެ. ގަމަށް 77 މިލިމީޓަރުގެ ވާރޭވެހިފައިވާއިރު، 39 މޭލު ބާރުމިނުގައި ވައިޖެހިފައިވާކަމަށް ރެކޯޑް ކުރެވިފައިވާކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

ޢާންމުގޮތެއްގައި ރާއްޖޭގެ ހުޅަނގު މޫސުން ފެށެނީ މޭއި މަހުގެ މެދުތެރޭގައެވެ. އެހެންކަމުން ދަތުރުކުރާއިރު ހުރިހާ ފަރާތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ.