ޚަބަރު

މާރުކޭޓް ސަރަހައްދު ތަރައްޤީކުރުމުގެ މަސައްކަތް ފަށަނީ


މާލޭގެ އުތުރުފަރާތުގައި ހިމެނޭ އަތޮޅު ފިހާރަތަކާއި، މަސްމާރުކޭޓް އަދި ލޯކަލް މާރުކޭޓް ހިމެނޭ ގޮތަށް އެސަހަރައްދު ތަރައްޤީކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށް ހައުސިންގް މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

މިނިސްޓަރ ވިދާޅުވީ މި ސަރަހައްދު ތަރައްޤީކުރުމުގެ ގޮތުން ދިރާސާ ކުރަމުންދާކަމަށެވެ. އަދި މި ސަރަހައްދު ތަރައްޤީ ކުރެއްވުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ތަރައްޤީގެ ބިޔަ މަސްރޫއުތަކެއް މި ސަރުކާރުން ގެންދަވަނީ ހިންގަމުންނެވެ. އެގޮތުން މަސްމާރުކޭޓާއި ލޯކަލް މާރުކޭޓް މަރާމާތު ކުރުމުގެ ގޮތުން މީގެކުރިންވެސް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.