ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ ޑީންގެ މަޤާމަށް މަރިޔަމް ފިޒާނާ ރަޝީދު އައްޔަންކޮށްފިއެވެ.
މަޤާމާ ހަވާލުވެވަޑައިގެން އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ފިޒާނާ ވިދާޅުވީ ފެކަލްޓީ އޮފް އެޑިޔުކޭޝަންއަކީ މުދައްރިސުންނަށް އެންމެ ރަނގަޅު ފެންވަރުގައި ތަމްރީނު ދެވޭ މަރުކަޒަކަށް ހަދަން މަސައްކަތް ކުރައްވާނެކަމަށެވެ.
img:http://s1.psmnews.mv/images/660x400/15056571556726.jpg|ޔުނިވަރސިޓީގެ ޑީންކަމަށް އައްޔަންކުރެއްވި ފިޒާނާ / ފޮޓޯ: އެމްއެންޔޫ
މަރިޔަމް ފިޒާނާއަކީ 2007 އިން ފެށިގެން ފެކަލްޓީ އޮފް އެޑިޔުކޭޝަންގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ޑީންގެ މަޤާމަށް އައްޔަންކުމުގެ ކުރިން އޭނާ ހުންނެވީ އެސިސްޓެންޓް ރަޖިސްޓްރާގެ މާޤާމުގައެވެ.