ވިޔަފާރި

ރެޑްވޭވް ޑިޖިޓަލް ސެންޓަރ ހުޅުވައިފި


މާލޭގައި ރީޓެއިލް ވިޔަފާރި ފުޅާ ދާއިރާއެއްގައިކުރާ ރެޑްވޭވްގެ މޯބައިލް ފޯނު ފިހާރަ މާފަންނުގައި ހުޅުވައިފިއެވެ. މި ފިހާރަ ރަސްމީކޮށް ހުޅުވައިދެއްވީ ރެޑްވޭވްގެ ޖެނެރަލް މެނޭޖަރު އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އެވެ.

"ރެޑްވޭވް ޑިޖިޓަލް ސެންޓަރ" ގެ ނަމުގައި ހުޅުވި މިފިހާރައިން މޯބައިލްފޯނުގެ އިތުރުން ޓީވީއާއި ކޮމްޕިއުޓަރާއި ލެޕްޓްޕް ފަދަ ތަކެތި ލިބެން ހުރެއެވެ. މީގެ އިތުރުން ޕީއެސް ގޭމްތަކާއި ތަފާތު އިލޮކްޓްރޯނިކް ސާމާނު ލިބޭނެ ކަމަށް ރެޑްވޭވް އިން ބުނެއެވެ.

ފިހާރަ ހުޅުވުމަށްފަހު ރެޑްވޭވްގެ ޖެނެރަލް މެނޭޖަރު އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާޢު ވިދާޅުވީ މިފިހާރައިން ކަސްޓަމަރުންނަށް ހެޔޮ އަގުގަ ތަކެތި ލިބެން ހުންނާނެކަމަށެވެ. އަދި އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ފަރުނީޗަރ ފިހާރައެއް ވަރަށް އަވަހަށް ހުޅުވާނެކަމަށެވެ.

"މި ފިހާރައާއިއެކު ރެޑްވޭވްގެ ކަސްޓަމަރުންނަށް އާ އުއްމީދުތަކެއް ލިބިގެންދާނެ. މިފިހާރައިން ވަރަށް އަގުހެޔޮކޮށް ސާމާނުތައް ލިބޭނެ. ރެޑްވޭވް ކުންފުންޏަކީ ކޮލެޓީ މުދާ އެއްމެ އަގުހެޔޮކޮށް ވިއްކަމުންދާ ކުންފުންޏެއް." ޝުޖާއު ވިދާޅުވިއެވެ.

މީގެ އިތުރުން އާއަހަރާ ދިމާކޮށް ޚާއްސަ ޕްރޮމޯޝަނެއް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށް ރެޑްވޭވް އިން ބުނެއެވެ. ރެޑް ވޭވުން މާލޭގައި މިހާރު ހަ ފިހާރަ އަދި ހުޅުމާލޭގައި ރެޑް ވޭވް ސިޓީ ސްކޮއާގެ ނަމުގައި ބޮޑު ފިހާރައެއް އަންނަނީ ހިންގަމުންނެވެ.