ޚަބަރު

ޤުރުއާނުގެ ފަންނު ކުރިއެރުވުމަށް ސޫދާނުން އެހީވަނީ


ޤުރުއާނުގެ ފަންނު ކުރިއެރުވުމަށް ރާއްޖެއަށް އެހީތެރިކަން ދިނުމަށް ސޫދާންގެ ކީރިތި ޤުރުޢާނާ ބެހޭ ޖަމްއިއްޔާ އާއި ރާއްޖޭގެ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ދެ ޤައުމުން ސޮއިކޮށްފައިވަނީ ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ރައީސް އަލްއުސްތާޛް އިބްރާޙިމް ރަޝީދު މޫސާ މިހާރު ސޫދާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ. މި އެއްބަސްވުމުގައި ސޫދާންގެ ކީރިތި ޤްރުއާނާބެގޭ ޖަމިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމްއިއްޔާގެ ސެކްރެޓަރީ ޖެނެރަލް ޑރ.ޢަބްދުއްރަޙްމާން މުޙައްމަދު އަލީ ސަޢީދެވެ. ކީރިތި ޤްރުއާނާބެހޭ މަރުކަޒުގެ ފަރާތުން ސޮއި ކުރެއްވީ އެ މަރުކަޒުގެ ރައީސް އަލްއުސްތާޛް އިބްރާޙިމް ރަޝީދު މޫސާއެވެ.

މި އެއްބަސްވުމުގެ ދަށުން ކީރިތި ޤުރުއާނާބެހޭ މަރުކަޒުން އިންތިޒާމްކުރާ މުބާރާތްތައް ބޭއްވުމަށް ބޭނުންވާ އެހީއާއި ޤުރުއާނުގެ ފަންނު ކުރިއެރުވުމަށް ބޭނުންވާ އެހީތައް ދިނުމަށްވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ކީރިތި ޤުރުއާނާ ބެހޭ ޕްރޮގްރާމްތައް އުފެއްދުމަށްވެސް ސޫދާނުން އެހީވާނެއެވެ.

ރާއްޖޭގައި އައުޤާފުގެ ހަރަކާތްތައް ރާވާ ހިންގުމަށް އެހީވެދޭނެކަމުގެ ޔަގީންކަން ސޫދާނު ސަރުކާރުންވަނީ ދީފައެވެ.