މާލޭގައި ރާޅާ އަޅާ ސަރަހައްދު ބަންދުކޮށްފައިވާތީ ރާޅާއެޅުންތެރިން ބޭނުން ވަގުތަކު ހިލޭ ތުނބުރުދޫއަށް ގެންގޮސްދިނުމަށް އެމްޓީސީސީން ބޮޑީ ބޯޑިން އެސޯސިއޭޝަނާއި މޯލްޑިވްސް ސާފިން އެސޯސިއޭޝަނުނާއި އެކު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ޓްރައރިޒަމް މިނިސްޓްރީންވެސް ވަނީ ސޮއިކޮށްފައެވެ.
މާލޭއާއި ހުޅުމާލެ ގުޅުވާލާ ބްރިޖް އެޅުމަށް މާލޭގެ ރަޅާ އަޅާ ސަރަހައްދު ބަންދުކުރުމުން ރާޅާ އަޅާ ޒުވާނުން ގިނަ ޝަކުވާތަކެއް ފުނިޖެހިގެންދިޔައެވެ. މި ޝަކުވާތަކަށް ހައްލެއް ހޯދާދިނުމަށް ވަކި އެއްބަސްވުމުގެ ދަށުން ޓްއަރިޒަމް މިނިސްޓްރީ އާއި އެމްޓީސީސީ ގުޅިގެން ރާޅާ އަޅާ ޒުވާނުން ތަނބުރުދޫއަށް ގެންގޮސްދެމުންދިޔައެވެ. ކުރިން އަމަލުކުރަމުން އައި އެއްބަސްވުން ޓްއަރިޒަމް މިނިސްޓަރީ އާއި އެމްޓސީސީން އަލުން އާކުރީ ރަޅާ އަޅާ ޒުވާނުންނަށް އުފާވެރި ހަބަރުތަކެއް ދެމުންނެވެ. ކުރިން ފިީއެއް ނަގަމުން ވަކި ވަގުތަކެއްގައި ތުނބުރުދޫ އަށް ރާޅާ އަޅާ މީހުން ގެންގޮސްދެމުން އައިނަމަވެސް އަލުން އެކުލަވާލި އެއްބަސްވުމާއި އެކު މިކަންކަމަށްވަނީ ބަދަލު ގެނެސްފައެވެ.
ޓްއަޒިރަމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ޓްއަރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ ޙުޞައިން ލިރާރެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އިބްރާހިމް ޒިޔަތުއެވެ. މޯލްޑިވްސް ސާރފިން އެސޯސިއޭޝަންގެ ފަރާތުން ހަސަން ރަކީ މި އެއްބަސްވުމުގައި ސޮއިކުރެއްވިއިރު ބޮޑީ ބޯޑިން އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް އަބްދުﷲ އަރީފެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ޑެޕިއުޓީ މިނިސްޓަރ ޙުޞައިން ލިރާރު ވިދާޅުވީ މި އެއްބަސްވުމަކީ ރަޅާ އަޅާ ފަރާތަކަށް ރަނުގެ ފުރުސަތަކަށް ވެގެންދާނެކަމަށެވެ. މިގޮތުން މި އެއްބަސްވުމުގެ ދަށުން ތުނބުރުދޫ މޯލްޑިވްސްގެ އިތުރުން ތުލުސްދޫ ފަދަ ރަށްރަށަށްވެސް ރާޅާ އަޅަން ދެވޭނެކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވީ ރާޅާ އެޅުންތެރިން ބޭނުން ކޮންމެ ވަގުތަކު މިހާރު ތުނބުރުދޫއަށް ދެވޭނެކަމަށެވެ. އަދި އެކަމަށް އެއްވެސް އަގެއް ދައްކަން ނުޖެހޭނެކަމަށްވެސް ޒިޔަތު ވިދާޅުވިއެވެ.
ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަމުން ރާއްޖޭގެ ރާޅާއެޅުންތެރިން ބުނީ މި ލިބުނު ފުރުސަތުގެ ސަބަބުން އެމީހުންނަށް ރާޅާ އެޅުމުގައި މިހާރު ކުރިމަތިވެފައިވާ ގިނަ ދަތިތަކަށް ހައްލެން ލިބިގެންދާނެކަމަށެވެ.
އޮގަސްޓްމަހުގެ ނިޔަލަށް ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް އެއްކޮށް ނިންމާ ހުޅުވާނެކަން ސަރުކާރުން ހާމަކޮށްފައިވާއިރު ބްރިޖްގެ މަސައްކަތް ނިމުމުން މާލޭ ރާޅުގަނޑު ސަރަހައްދު އަލުން ހުޅުވާލާނެކަމަށް ސަރުކާރުން ބުނެއެވެ.
ތަނބުރުދީ ސާފިން ޕޮއިންޓަކީ ދުނިޔޭގެ ނިސްބަތުންވެސް ފާހަގަކޮށްލެވޭ ސަރަހައްދެކެވެ. ކ ހިންމަފުށި ކައިރީ އޮންނަ ތަނބުރުދޫ ސާފިން ޕޮއިންޓްގައި ދުނިޔޭގެ ބައެއް ރާޅާއެޅުމުގެ މުބާރާތްތައްވެސް އަންނަނީ ބާއްވަމުންނެވެ.