ޓުއަރިޒަމް

ޑޮމެސްޓިކް ޓޫރިޒަމް ކުރިއެރުވުމަށްޓަކައި މަސައްކަތްތަކެއް ކުރަނީ




ރާއްޖޭގައި
ޑޮމެސްޓިކް ޓޫރިޒަމް ކުރިއެރުވުމަށްޓަކައި މަސައްކަތްތަކެއް ކުރުމަށް
ހަމަޖެހިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.



ޑެޕިއުޓީ
މިނިސްޓަރ އޮފް ޓޫރިޒަމް ހުސެއިން ޟިރާރް ވިދާޅުވީ ޑޮމެސްޓިކް ޓޫރިޒަމް ނުވަތަ
ދިވެހިން ޗުއްޓީ ހޭދަކުރުމަށް ރާއްޖޭގެ އެކި ހިސާބްތަކަށް ދިޔުން މިހާރު
އިތުރުވެގެން ގޮސްފައިވާ ކަމަށާއި ޙާއްސަކޮށް ގެސްޓްހައުސް ވިޔަފާރި އަތޮޅުތެރޭގައި
ފުޅާވެގެން ދިޔުމާއި އެކު ގިނަ އަދަދެއްގެ ދިވެހިން ޗުއްޓީއަށް އެކި ރަށްރަށަށް ދިޔުން
އިތުރުވެގެން ގޮސްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.



ޟިރާރް ވިދާޅުވީ ރާއްޖޭގައި
ޑޮމެސްޓިކް ޓޫރިޒަމް ކުރިއެރުވުމަށްޓަކައި އެންމެ ފުރަތަމަ އެކަމާއި ގުޅޭ
ސަރވޭއެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ސަރވޭ މެދެވެރިކޮށް ދިވެހިންގެ
މެދުގައި ޗުއްޓީ ހޭދަކުރުމަށް ރާއްޖޭގެ އެކި ހިސާބުތަކަށް ދިޔުމާއި ގުޅޭގޮތުން ހިޔާލުހުރިގޮތް
އެނގިގެންދާނެކަމަށާއި އަދި ޑޮމެސްޓިކް ޓޫރިޒަމް ކުރިއެރުވުމަށް ކުރެވިދާނެ
ކަންތައްތައްވެސް އެގިގެންދާނެ ކަމަށް ޟިރާރް ވިދާޅުވިއެވެ.



ޑޮމެސްޓިކް ޓޫރިޒަމް ރާއްޖޭގަައި ރަގަޅަށް ޕްރޮމޯޓް ކުރެވި
ގިނަ އަދަދެއްގެ ދިވެހިން ޗުއްޓީ ހޭދަކުރުމަށް ރާއްްޖެއިން ބޭރަށް ދިޔުމުގެ
ބަދަލުގައި ރާއްޖޭގެ އަތޮޅުތެރޭގެ ރަށްރަށަށް ދިޔުމަށް އިހްތިޔާރުކުރުމުން، އަތޮޅުތެރެއަށް އޭގެ ސަބަބުން ބޮޑެތި
ކުރިއެރުންތަކެއް އަންނާނެކަމަށްވެސް ޟިރާރް ވިދާޅުވިއެވެ.