ޚަބަރު

ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ ކޯވިޑަށް ޕޮޒިޓިވް، ހާލުކޮޅު ރަނގަޅު


ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

އެމްއާރުއެމްގެ ސެކްރަޓަރީ ޖެނަރަލް އަބްދުލް ޢަލީމް ވިދާޅުވީ ނަސްރީނާ އިބްރާހީމް ކޯވިޑަށް ޕޮޒިޓިވްކަން އެނގުނީ ރޭގައިކަމަށެވެ. އަދި މިވަގުތު ހާލު ރަނގަޅުކަމަށްވެސް ވިދާޅުވިއެވެ.

ކުރީގެ ފަސްޓްލޭޑީ ނަސްރީނާވަނީ ކޯވިޑުން ދިފާޢުވުމުގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރައްވާފައެވެ.

މިދިޔަ އަހަރުގެ އޮގަސްޓުމަގުގެ ތެރޭގައި ކުރީގެ ރައީސް މަޢުމޫން ޢަބްދުލް ޤައްޔޫމްވެސްވަނީ ކޯވިޑަށް ޕޮޒިޓިވްވެ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވާފައެވެ.

ކޯވިޑްގައި ހޭދަވެގެން މިދިޔަ އަހަރަކަށްވުރެ ގިނަ ދުވަހުގެ ތެރޭގައި ސަރުކާރުގެ އިސްބައެއް ފަރާތްތައްވެސްވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދާއި، ރައީސުލް ޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމްގެ އިތުރުން ބައެއް ވަޒީރުންވެސް ހިމެނެއެވެ.