ސިޔާސީ

ކޮންމެ ދުވަހަކުވެސް ރައީސް ނަޝީދަށް ވަކީލުންނާ ބައްދަލުކުރެވޭނެ


އެމްޑީޕީގެ ކުރީގެ ރައީސް ނަޝީދުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓްގައި އިސްތިޢުނާފްކުރާ މައްސަލަ ނިމެންދެން ނަޝީދުގެ ވަކީލުންނަށް ކޮންމެ ދުވަހަކު އެމަނިކުފާނާ ބައްދަލުކުރެވޭ ގޮތަށް ހޯމްމިނިސްޓްރީން ހަމަޖައްސަވައިދެއްވައިފިއެވެ.ހޯމް މިނިސްޓްރީން މިކަން ހާމަކުރައްވާފައި މިވަނީ، ރައީސް ނަޝީދުގެ ޖަލު ޙުކުމް އިސްތިޢުނާފްކުރައްވަން ނިންމަވާފައިވާތީ، އެ މައްސަލާގައި އެމަނިކުފާނާ މަޝްވަރާކުރުމަށް އެކަށީގެންވާ ވަގުތު ނުލިބޭކަމަށް ބުނެ އިތުރު ވަގުތު ދިނުމަށް ނަޝީދުގެ ޤާނޫނީ ޓީމުން މިއަދު  އެދިފައިވަނިކޮށެވެ. ޓެރަރިޒަމްގެ ކުށުގައި ތޭރަ އަހަރުގެ ޖަލު ޙުކުމް ތަންފީޒްކުރަމުންދާ  މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރެއްވުމަށް ނަޝީދު ނިންމަވާފައިވަނީ، މިމަހުގެ ތޭރަ ވަނަ ދުވަހުއެވެ.މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ނަޝީދުގެ ޤާނޫނީ ޓީމުން މިއަދު ބުނެފައިވަނީ ރައީސް ނަޝީދުގެ ޖަލު ޙުކުމުގެ މައްސަލަ މިއަދުވެސް އިސްތިޢުނާފަށް ހުށަހަޅުއްވަން މަސައްކަތް ކުރެއްވިކަމަށެވެ. ނަމަވެސް މާފުއްޓަށް ގޮސް އެމަނިކުފާނާއި ބައްދަލު ކުރުމަށް ލިބިވަޑައިގަތީހަފްތާގެ ދެ ދުވަހު، ދެ ގަޑައިއިރުކަމަށާއި، އެއީ އެކަށޭނަ ވަގުތެއް ނޫންކަމަށެވެ. އަދި އެކަމަށް އިތުރު ވަގުތު ދެއްވުމަށް އެދޭކަން ނަޝީދްގެ ގާނޫނީ ޓީމުން މިއަދު ހާމަކޮށްފައިވެއެވެ.