ނ. ވެލިދޫގައި ޕިކްނިކް އައިލެންޑް ހެދުމަށާއި އދ. ދިއްދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ޙަވާލުކުރައްވައިފިއެވެ.
ނ. ވެލިދޫ ޕިކްނިކް އައިލެންޑް ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާ ހަވާލުކޮށްފިއެވެ.
— Min.of National Planning, Housing & Infrastructure (@MoNPHImv) August 10, 2023
20،693،664.00 ރުފިޔާއަށް މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 180 ދުވަހުގެ ތެރޭ ނިންމުމަށެވެ. pic.twitter.com/VMFs0GhcX3
ނ. ވެލިދޫގައި ޕިކްނިކް އައިލެންޑް ހެދުމުގެ މަސައްކަތުގެ ތެރޭގައި 1.5 ހެކްޓަރުގެ ބިން ހިއްކުމާއި، 412 މީޓަރު ޖިއޯ ބޭގް ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. އަދި 50 މީޓަރ ރޮކް ބޯލްޑަރ ގްރޮއިން ޖެހުންވެސް މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ. މި މަސައްކަތް އެމްޓީސީސީއަށް ހަވާލުކުރައްވާފައިވަނީ 20.6 މިލިޔަން ރުފިޔާއަށް 180 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
ދިއްދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ ތެރޭގައި އެރަށުގެ ބަނދަރު 3 މީޓަރަށް ފުން ކޮށް ނެރު 4 މީޓަރަށް ފުން ކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި 89 މީޓަރުގެ ބޮޑުހިލަ ގްރޮއިނ،ް ޖަހާ 137 މީޓަރުގެ ސޭންޑް ފިލްޑް ބްރޭކްވޯޓަރ އާއި 257 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓާއި، 30 މީޓަރުގެ އެލް-ބްލޮކް ވާޓަރު ޤާއިމް ކުރުމަށްވެސްވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ނިންމުމަށް އެމްޓީސީސީއަށް ދެއްވާފައިވަނީ 330 ދުވަހެވެ. މިއީ ދަޢުލަތުގެ ބަޖެޓުން 22.9 މިލިޔަން ރުފިޔާ ޚަރަދުކުރައްވައިގެން ކުރިއަށް ގެންދަވާ މަސައްކަތެކެވެ.
މިދެ މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤުއެވެ. މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއެވެ.