ޚަބަރު

މެލޭޝިޔާގައި ނުރައްކާތެރި ބަސް އެކްސިޑެންޓެއް ހިނގައި ދަރިވަރުންތަކެއް މަރުވެއްޖެ


މެލޭޝިޔާގެ ޔުނިވަރސިޓީއެއްގެ ދަރިވަރުންތަކެއް ގޮވައިގެން ދަތުރުކުރި ބަހެއް އެކްސިޑެންޓުވެ، 15 މީހުން މަރުވެފައިވާކަމަށް އެ ޤައުމުގެ ފުލުހުން ބުނެފިއެވެ.

މެލޭޝިޔާގެ އުތުރުން ތައިލެންޑްގެ ބޯޑަރު ކައިރީގައި އޮންނަ ކާރޫބާރުބޮޑު ހައިވޭއެއްގައި ހިނގި މި އެކްސިޑެންޓުގައި 13 މީހަކު ހޮސްޕިޓަލަށް ގެންދިޔުމުގެ ކުރިން ވެސް މަރުވެފައިވާކަމަށް ބުނެފައިވެއެވެ.

އެކްސިޑެންޓު ހިނގީ، ދަރިވަރުން ގޮވައިގެން ދަތުރުކުރި ބަސް ކޮންޓްރޯލުން ނައްޓައިެގން ގޮސް ކުޑަވޭންއެއްގައި ޖެހިގެންނެވެ.

މިއީ މެލޭޝިޔާގެ ފަހުގެ ތާރީޚެއްގައި އެންމެ ގިނަ މީހުން މަރުވެފައިވާ އެކްސިޑެންޓް ކަމަށް ވެސް އިދާރާތަކުން ބުނެއެވެ.

މި އެކްސިޑެންޓުގައި މަރުވެފައިވަނީ މެލޭޝިޔާގެ ސުލްތާނު އިދްރީސް ޔުނިވަރިސިޓީގެ 14 ދަރިވަރަކާއި، ބަހުގައި ހުރި ބަސް އެޓެންޑެންޓެވެ.

އެކްސިޑެންޓުގައި މަރުވެފައިވަނީ އުމުރުން 21 އަހަރާއި 23 ދެމެދުގެ ދަރިވަރުންތަކެއް ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވަނީ، މި ހާދިސާގައި މަރުވި ދަރިވަރުންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ޤައުމުގެ ހަޔާ އެޑިޔުކޭޝަން މިނިސްޓްރީއަށް އަންގަވައިފައެވެ.